ސެޕްޓެމްބަރ މަހު ބޭއްވުމަށް ކަނޑައަޅާފައިވާ ރިޔާސީ އިންތިހާބުގައި ވާދަނުކުރަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ނިންމަވައިފިއެވެ.
ނަޝީދު މިކަން ހާމަކުރެއްވީ އިދިކޮޅު ފަރާތްތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕްގެ ވަޓްސްއެޕް ގްރޫޕަށް މިއަދު ހެނދުނު ފޮނުއްވި މެސެޖެއްގަ އެވެ.
އެގޮތުން ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ނިންމެވީ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެތީ ކަމަށާއި އެމަނިކުފާނުގެ އެ ނިންމެވުން އިއުލާން ކުރައްވާނީ އއ. އުކުޅަހުގައި މާދަމާ ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ވުމުގެ ސަބަބުން ނަޝީދުއަށްވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުޞަތު ޤާނޫނީ ގޮތުން ގެއްލިފައެވެ.
ޚިޔާލު