ރާއްޖޭގެ ޚަބަރު

ދިއިސްލާމް މަޖައްލާގެ ރަމަޟާން މަހަށް ޚާއްޞަ ޢަދަދު ނެރެފި

ލިޔުނީ: ހަސަން ޝިޔާޒު

ދިއިސްލާމް މަޖައްލާގެ 1432 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްޞަ ޢަދަދު، މިއަދު ބާޒާރަށް ނެރެފި އެވެ.

މިޢަދަދުގެ ކަވަރ ސްޓޯރީ އަކީ ޝުޢައިބް ނާޒިމް ލިޔުއްވާފައިވާ " އެމީހުންގެ ނަޒަރުގައި "ރޯދަ" " މިއެވެ. އެހެން ބައެއް ލިޔުންތަކުގެ ތެރޭގައި އައްޝައިޚް ޙަސަން މޫސާ ފިކުރީ ލިޔުއްވާފައިވާ "ހާރުކެއުމަކީ ބަރަކާތް ލެއްވިގެންވާ ކަމެއް" ، އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ލިޔުއްވާފައިވާ "ރޯދަމަސް ހޭދަކޮށްލަން އެންމެ ރަނގަޅީ ދެ ޙަރަމްގައި" ، އަލްއުސްތާޛާ އަނާރާ ނަޢީމް ލިޔުއްވާފައިވާ "ރަމަޟާން މަހުގެ ދުވަހު ތާވަލް" ، ޝަފީޢު ޢަބްދުﷲ ލިޔުއްވާފައިވާ "ރަމަޟާން މަހުގެ މަތިވެރިކަމާއި އެމަހުގެ ޚާއްޞިއްޔަތު" ، އަޖްނާދު ޢަލީ ލިޔުއްވާފައިވާ "ރޯދަ މަހު ޖިންނި ޝައިޠާނުން ކަސްތޮޅު އެޅުވޭނަމަ އެމަހުގައި ފާފަ ކުރަނީ ކީއްވެ؟" ، މުޙައްމަދު ވިޝާހް ލިޔުއްވާފައިވާ "ރަމަޟާން މަހުގައި ޚަރަދުކުރާން ފެނިހުރި އެންމެ ރަނގަޅު ކަންކަމީ..." ، ހާތިމް ޔޫސުފް ލިޔުއްވާފައިވާ "ކަންނެތް ކަމާއި ކަމެއް ނެތްކަމުގެ މައްސަރު - ސަލަފުންނާއި އަޅުގަނޑުމެން" އަދި ޙަޤީޤީ ވާހަކައެއް ކަމަށްވާ "ދިވެހި އަންހެން ކުއްޖެއްގެ ޙަޔާތް ބަދަލުކޮށްލި ހުވަފެން" ފަދަ ލިޔުންތަކުގެ އިތުރުން އަދިވެސް އިތުރު ލިޔުންތައް ހިމެނެއެވެ.

އަދި "ޕްރޮގްރާމް ގައިޑް ރަމަޟާން 1432" ، "ސުވާލާއި ޖަވާބު" ، އިންފޮމޭޝަން ޓެކްނޮލޮޖީ" ، "ފޮތް ހަރުގަނޑު" ، "ކުޑަކުދިންގެ ޞަފްޙާ" ، "ރޯދަ އަށް ޚާއްޞަ ރެސިޕީ" ، "ބަދިގެ ފަރުވާ" ، "މުޙިއްމު ދުޢާތައް" ފަދަ ބައިތައް މިޢަދަދުގައި ހިމެނެއެވެ.

ދިއިސްލާމް މަޖައްލާ އަކީ 7 އޭޕްރީލް 2011 ގައި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން ގައި ރެޖިސްޓްރީ ކުރެވިގެން މަހަކު އެއްފަހަރު ނެރޭގޮތަށް ހަމަޖެފައިވާ މަޖައްލާއެކެވެ. މި މަޖައްލާ އަކީ ތަފާތު ދާއިރާތަކުގެ ގިނަގުނަ މަޢުލޫމާތުތަކުން މުއްސަނދި ކުރެވިފައިވާ ޢާއިލީ މަޖައްލާއެކެވެ. މަޖައްލާގެ ފުރަތަމަ ޢަދަދު ނެރެފައި ވަނީ 1 ޖޫން 2011 ގައެވެ. މިފަހަރުގެ ޢަދަދަކީ މި މަޖައްލާގެ ތިން ވަނަ ޢަދަދެވެ.

މި މަޖައްލާގެ އަގަކީ 15 ރުފިޔާ އެވެ. މި މަޖައްލާ މާލޭގެ ބުކްޝޮޕްތަކާއި ބައެއް ރަށްރަށުގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ.

މަޖައްލާގެ މިޢަދަދަށް އެހީތެރިވެދީފައިވާ ފަރާތްތަކުގެ ތެރޭގައި މޯލްޑިވްސް އިސްލާމިކް ބޭންކް، އަމާނާތަކަފުލް މޯލްޑިވްސް، ޖިލްބާބް، އަލްބަކޯ، ސަލަފް ލައިން، އޮޕޮޗުނިޓީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ދާރުލްއިސްލާމް، ސީވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ޕްލާޒާ އިންސެންސް، ދޮންދޫނި ލިޓްލް ލާރނަރސް، ފްރީޒް ބްރޭންޑް، ރޭޑިއޯ އެޓޯލް، ބަދިގެ ޑޮޓް ކޮމް، ކިންޑަރގާޓަން އަދި މިސާލީ ބުރުގާ ފަދަ ފަރާތްތަކުގެ އެހީތެރިކަމާއެކުގައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *