"އިސްލާމްދީނުގެ ޙިމާޔަތުގައި ދިވެހިން" ޝިޢާރުގެ ދަށުން ޑިސެމްބަރ 23 ގައި ރާއްޖޭގެ ކަންކޮޅުތަކުގައި ބޭއްވި ބޮޑު މުޒާހަރާއަކީ މިހައިތަނަށް ދިވެހިރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު މުޒާހަރާކަމުގައި ރާއްޖޭގެ ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ކުރީގެ ރައިސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމްގެ ދެކަނބަލުން މެލޭޝިޔާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، އިއްޔެރޭ މާލެ ވަޑައިގެން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާރޕޯޓްގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަދަނީ އިއްތިހާދުން އިސްނަގައިގެން 23 ޑިސެންބަރުގައި ބޭއްވި މުޒާހަރާއަކީ މިހާތަނަށް ރާއްޖޭގެ ތާރީޚުގައި ބޭއްވި އެންމެ ބޮޑު މުޒާހަރާ ކަމަށެވެ.
"އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ 23 ޑިސެމްބަރުގައި ބޭއްވުނު މުޒާހަރާއަކީ ރާއްޖޭގެ ތާރީހުގައި ބޭއްވުނު އެންމެ ބޮޑު މުޒާހަރާ އޭ. އަދި އެ މުޒާހަރާ އޮގަނައިޒް ކުރުމުގައި ޕީޕީއެމްއިން ވެސް ވަނީ ވަރަށް ބޮޑަށް ބައިވެރިވެފައި. އަދި މަދަނީ އިއްތިހާދުގެ ބޭފުޅުން ވެސް އެ ކުރެއްވި މަސައްކަތަށް އަޅުގަނޑު ވަރަށް ބޮޑަށް މަރުހަބާ ކިޔާ ތަހުނިޔާ ދަންނަވަން،" މައުމޫން ވިދާޅުވި އެވެ.
23 ޑިސެމްބަރގެ ބޮޑު މުޒާހަރާ އިންތިޒާމްކުރި މަދަނީ އިއްތިހާދާއި، މުޒާހަރާގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް މަރުހަބާ ދަންނަވާ މައުމޫން ވިދާޅުވީ މުޒާހަރާ ރޭވުމުގައި ޕީޕީއެމްއިންވެސް އިސްދައުރެއް އަދާކުރި ކަމަށެވެ.
މައުމޫން ވިދާޅުވީ އެމުޒާހަރާއިން ރާއްޖޭގެ ރައްޔިތުން ތިއްބެވި ގޮތް ހާމަވެގެން ހިނގައްޖެ ކަމަށާއި، އެގޮތުން ރައްޔިތުން ބޭނުންވަނީ ހުރިހާ ކަމެއްވެސް އިސްލާމީ އުސޫލުތަކުގެ މަތިން ކުރިއަށް ގެންދިޔުމަށްކަން ވަރަށް ރަނގަޅަށް ސާފުވެގެން ހިނގައްޖެ ކަމަށެވެ.
















advertisment
އިސްލާމްދީން މިޤައުމުން ފޮހެލުމަށް މިވީހާ ދުވަހު މަސައްކަތްކުރި މީހަކު ދެން މިކަހަލަ ވާހަކަ މިދައްކަނީކީއްކުރަން އެހެންމެފުރަތަމަ ޖެހޭނީ ދިވެހި ރައްޔިތުން ކިބައިން މާފަށް އެދެން.
މިމީހުން ވެރިކަމަށް އައުމަށް އަނެއްކާ ރައްޔަތުން ބޮލައް ޗިޕު ޖަހަން ވިސްނަނީތާ ! ރާއްޖޭން ބޭރުން ކިޔެވައިގެން އައި ޝޭހުންތަށް އިނދަ ޖައްސާލަން މަސައްކަތް ކޮށްފަ ހުނިގޮނޑިން ކާށިކިބައިގައި ކާއްތަނީ. ބަލަ ކާށިކިބަ ހުނިގޮނޑީގަޢީ ކާއްތަބަލަ. ހަމަ އަޒުހަރުން ކިޔެވީ ނަސީމް ވެސް. ހަމަ އެ މުދައްރިސުންނާ އެ އުސްތާޒުން. މައުމޫނަށް ވަކި ފޮތަކުން ތަ ކިޔަވައިދިނީ
މީނާ އަކީ އިސްލާމްދީންގެ އަދާވާއި ތެރިއެއް. މިގައުމު މި ހިސާބައް އައީ މީނާގެ ސަބަބުން. ދުވަހަކު ވެސް މީނާ އެއް ސުންނަތައް އުޅެއި މީހުންނަށް ހެވެއް ނޭދޭ ނެއް. މުޅި ދިވެހި ޖީލްހަލާކު ކޮއްލީ މި މަޢުމޫން. ދެނެއް އިންޝާﷲ އަހަރަމެންގެ ބޮލައް ގުޔެއް ނުދުއް ވޭނެ.
ދިވެހިންނޭވެ! ދުޝްމަނަކު ދިނަސް ހެޔޮ ނަޞޭޙަތެއް ވިއްޔާ ޤަބޫލުކުރާށެވެ.