ދީނީ ލިޔުން
ބުއްދީގެ އަހުލުވެރިންނޭވެ! ޤިޞާޞް ހިފުމުގައި ތިޔަބައިމީހުންގެ މުޖްތަމަޢަށް ދިރުމެއްލިބިގެންވެއެވެ.
އިސްލާމްދީނަކީ އެންމެ ޢަދުލުވެރި ދީނެވެ. އެންމެ ރަޙްމަތުގެ ދީނެވެ. އިސްލާމްދީނުގައި ޤިޞާޞްގެ ޙުކުމްތައް ފަރުޟުކުރައްވާފައިވަނީ ވަރަށް މަތިވެރި ޙިކުމްތަކަށްޓަކައެވެ. އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ޙަޤީޤަތްތަކަކީ މުޖްތަމަޢުގެ އަމަންއަމާންކަމާއި ހަމަޖެހުމާއި ބާއްޖަވެރިކަމާއި އުފާވެރިކަމެވެ. ...