އެމެރިކާ އިސްލާމިކް އޮންލައިން ޔުނިވާސިޓީގެ ބެޗެލާސް އޮފް އާރޓް އިން އިސްލާމިކް ސްޓަޑީސްގެ އާ ބެޗެއް މާރޗް 2011 ގައި ފެށެނީ

އިސްލާމިކް އޮންލައިން ޔުނިވާސިޓީގެ ބެޗެލާސް އޮފް އާރޓް އިން އިސްލާމިކް ސްޓަޑީސްގެ އާ ބެޗެއް މާރޗް 2011 ގައި ފެށެނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަމީރު

1 އޭޕްރީލް 2010 ދުވަހުން ފެށިގެން އިސްލާމިކް އޮންލައިން ޔުނިވާސިޓީގައި ކިޔަވައިދެމުން އަންނަ ެ ބެޗެލާސް އޮފް އާރޓް އިން އިސްލާމިކް ސްޓަޑީސްގެ އާ ބެޗެއް މާރޗް 2011 ގައި ފެށޭނެކަމައް އެ ޔުނިވާސިޓީން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރައްވާ އެ ޔުނިވާސިޓީގެ ވެބްސައިޓްގައި ހާމަކުރައްވާފައިވާ ގޮތުން މި ބެޗުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮއް ވަނީ ހުޅުވައިލެވިފައިވެ. ދުނިޔޭގެ މަސްހޫރު ދީނީ އިލްވެރިއްޔެއްކަމުގައިވާ ޑރ ބިލާލް ބިލިޕްސް ވެސް ކިޔަވައިދެއްވާ މި ޔުނިވާސިޓީގައި އޭނާގެ އިތުރުންވެސް އެކި ގައުމުތަކުން ބަލައިގަންނަ މަސްހޫރު ދީނީ އިލްމުވެރިން ކިޔަވައިދެއްވައެވެ.

މި ޔުނިވާސިޓީގައި ކިޔަވައިދިނުމުގެ ކަންތައް ކުރިޔައްދާގޮތް އިތުރައް އޮޅުންފިލުވައިދެއްވަމުން އެތަނުގެ ޓިޔުޓޯރިޔަލް އެސިސްޓެންޓެއް ކަމުގައިވާ އަބު މުއައްވިޔާ އިސްމާއިލް ކަމްދަރ ވިދާޅުވީ "މިޔުުނިވާސިޓީއަކީ ދުނިޔޭގެ އެއްމެފުރަތަމަ ޓިޔުސަންފްރީ ޑިގްރީ ކޯސް، ކިޔަވައިދިނިމުގެ ކަންތައް ދާ ގޮތަކީ ކޮންމެ ހަފްތާއަކު އިންނާނެ ލައިވް ކްލާސްތަކެއް..މި ލައިވް ކްލާސްގައި އެ ހަފްތާއެއްގެ ފިލާވަޅު މުރާޖައާ ކުރެވޭނެ..އަދި މީގެ އިތުރުން ދަރިވަރުން ބޭނުންވާ ސުވާލުތައް ކުރުމުގެ ފުރުސަތުވެސް އޮންނާނެ..ކޮންމެ ހަފްތާއަކައްވެސް އިންނާނެ ފިލާވަޅެއް ކަނޑަ އަޅާފައި.. މި ފިލާވަޅު ކިޔަވައިދެއްވާފަ ހުންނަ ރެކޯޑިން ވީޑިއޯ ފޯރުކޮއްދެވޭނެ. އަދި ކިޔެވުމައްބޭނުންވާ ހުރިހާ މެޓީރިއަލްސްއެއްވެސް ފޯރުކޮއްދެވޭނެ.. އަދި ކުދިންގެ މެދުގައި ހިޔާލުބަދަލު ކޮއް ވާހަކަދެއްކުމައް ފޯރަމެއްވެސް ހުޅުވައިލައިފައިވާނެ."
އިސްލާމިކް އޮންލައިން ޔުނިވާސިޓީއަކީ ޑރ ބިލާލް ޕިލިޕްސްގެ ހާއްސާ ބެއްލެވުމުގެ ދަށުން ހިންގަވަމުން ގެންދަވާ ޔުނިވާސިޓީއެކެވެ. މިޔުނިވާސިޓީ ވުޖޫދައް އައި 2007 އަހަރު ޑިޕްލޮމާ ކޯސްތަކާއެކު ގަތަރުގައެވެ.2007 ވަނަ އަހަރު 1500 ކިޔަވާކުދިންނާއެކު ފެށި މި ޔުނިވާސިޓީގައި 2010 ގެ ނިޔަލައް 177 ގައުމަކުން 30000 އައްވުރެގިނަ ދަރިވަރުން ދަނީ ތައުލީމު ހާސިލް ކުރަމުންނެވެ.

މިފަދަ އަގުހުރި ކިޔެވުމުގެ ފުރުސަތު މިދުވަސްވަރު ހުޅުވައިލެވިފައިވާއިރު، ދިވެހިން ދިވެހިންގެ ދީނުގެ ސައްހަ މައުލޫމާތު އުގެނުން އެއީ މުހިއްމުކަމެކެވެ. ކޮންމެތަނެއްގައިމެ ކޮންމެ ވަގުތެއްގައި އަޅުގަނޑުމެންގެ ދީން އުނގެނުމައް ލިބިފައިވާ މި ރަނުގެ ފުރުސަތު ގެއްލުވާނުލަމާތޯއެވެ. އަދި މިކޯސްތަކުގައި ދިވެހި ކިޔަވާކުދިން ބައިވެރިވަމުންދާކަން މިފުރުސަތުގައި ފާހަގަކޮއްލަމެވެ. މި ކޯހުގައި ބައިވެރިވުމާއި އިތުރުމައުލޫމާތި ހޯއްދެވުމައް www.islamiconlineuniversity.com އައްޒިޔާރަތް ކޮއްލައްވާށެވެ.

ޓެގް

ތައުލީމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.