ދުނިޔެ ކުވައިތުގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއް ކޮވިޑް-19ގައި ނިޔާވެއްޖެ

ކުވައިތުގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއް ކޮވިޑް-19ގައި ނިޔާވެއްޖެ

ކުވައިތުގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއް ކޮވިޑް-19ގައި ނިޔާވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުވައިތުގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއް ކަމަށްވާ ޑރ ފަލާޙް އިސްމާޢީލް މުންދަކާރް ކޮވިޑް-19ޖެހިގެން ނިޔާވެއްޖެއެވެ.

ޑރ ފައިސަލް ކޮވިޑް-19އަށް ޕޮޒިޓިވް ވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ އޮކްޓޯބަރ މަހުގެ 4ވަނަ ދުވަހުއެވެ. އަދި ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓް ކޮށްފައިވަނީ އޮކްޓޯބަރ މަހުގެ 9ވަނަ ދުވަހުއެވެ.

ޑރ ފައިސަލް އަކީ ކުވައިތުގެ ބޮޑެތި ޢުލަމާއުންގެ ތެރެއިން ހިމެނޭ ބޭފުޅެކެވެ. އަދި ޑރ ފަލާޙަކީ ޢަޤީދާ ޢިލްމުގައި އަރާހުންނެވި ބޭކަލެކެވެ. ކުވެއިތުގެ ޔުނިވަރސިޓީގައި ޢަޤީދާ ކިޔަވައިދެއްވި ޑރ ފަލާޙްވަނީ ކުވައިތުގެ މިސްކިތްތަކުގައި ދީނީ ދަރުސްތަށް ދެއްވަވާފައެވެ. އަދި ޑރ ފަލާޙަކީ ކުވައިތުގެ މިނިސްޓްރީ އޮފް ކަލްޓިވޭޝަން ގައި ޢަޤީދާގެ ކަރިކިއުލަމްތަށް ހައްދެވުމުގެ ޒިންމާ އަދާ ކުރައްވާ އެންމެ އިސްފަރާތެވެ.

މީގެ ދެމަހެއްވަރު ކުރިން ޑރ ފަލާޙަށް ސުވާލު ކުރެވުނެވެ. ކޮރޯނާ ވައިރަސް ޖެހި މަރުވާ މީހާގެ މަރު ޝަހީދު މަރަކަށް ވާނެތޯއެވެ؟ ޖަވާބުގައި ޑރ ފަލާޙް ވިދާޅުވެފައި ވަނީ ޝަހީދަކަށް ވާނެކަމަށެވެ.

ޓެގް

ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.