ސޫރިޔާގައި 2011 ވަނަ އަހަރުގެ މާރޗް މަހުން ފެށިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގައި ހުސްވި ހަފްތާގައި އެކަނިވެސް 1082 މީހުން މަރުވެފައިވާ ކަމަށް ސީރިއަން އޮބްޒަރވޭޓަރީ ފޮރ ހިއުމަންރައިޓްސްގެ ހިސާބުތަކުން ދައްކައިފިއެވެ.
ސީރިއަން އޮބްޒަރވޭޓަރީ ފޮރ ހިއުމަންރައިޓްސް އިން ހާމަކުރި ހިސާބުތަކުން ދައްކާ ގޮތުން ހުސްވި ހަފްތާގައި ސޫރިޔާގައި ހިނގި ހަމަނުޖެހުންތަކުގައި އެންމެ ގިނައިން މަރުވެފައިވަނީ އާއްމު ރައްޔިތުންނެވެ. އެއީ 236 މީހުންނެވެ.
އަދި މިހިސާބުތަކުގައި ހަމަނުޖެހުންތަކުގައި މަރުވި ބައްޝާރު އަސަދުގެ ލަޝްކަރުގެ ސިފައިންގެ އިތުރުން އެކިނަން ނަމުގައި ބައްޝާރުގެ އަނިޔާވެރިކަމާއި ދެކޮޅަށް ޖިހާދުކުރާ ޖަމާޢަތްތަކުން މަރުވި ހަނގުރާމަވެރިންގެ އަދަދުތައްވެސް ހިމެނެއެވެ.
ބައްޝާރު އަސަދުގެ އަނިޔާވެރި ޤަތުލްއާއްމުގެ ސަބަބުން ސޫރިޔާ ދޫކޮށް އެތައް ރައްޔިތުން ތަކެއް ރެފިއުޖީންގެ ގޮތުގައި އެހެން ޤައުމުތަކަށް ހިޖުރަ ކޮށްފައިވާއިރު މިއަނިޔާވެރިކަމަށް ހުއްޓުމެއް ގެނައުމަށް އ.ދ އަދި ދުނިޔޭގެ ބޮޑެތި ބާރުތަކުންވަނީ ނުކުޅެދިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...