ދުނިޔެ މަސްޖިދުލް ޙަރަމްގައި ޢާންމުޙާލަތުގެ ޖަމާޢަތް ހަދަން ފަށައިފި

މަސްޖިދުލް ޙަރަމްގައި ޢާންމުޙާލަތުގެ ޖަމާޢަތް ހަދަން ފަށައިފި

މަސްޖިދުލް ޙަރަމްގައި ޢާންމުޙާލަތުގެ ޖަމާޢަތް ހަދަން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަސްޖިދުލް ޙަރަމްގައި ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ޖަމާޢަތުގެ ނަމާދު ކުރުން މެދުކަނޑާލުމަށް ފަހު ޢާންމު ޙާލަތުގައި ޖަމާޢަތުގެ ނަމާދު ކުރާ ގޮތަށް ނަމާދުކުރަން ފަށައިފިއެވެ.

ސަޢުދީރައްޔިތުންނާއި އެ ޤައުމުގައި ދިރިއުޅޭ މުސްލިމުންނަށް ބައިވެރި ވެވޭ ގޮތަށްނޢާންމު ޖަމާޢަތް ހަދައި ނަމާދު ކުރަން ފެށީ އިއްޔެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މީގެ ހަތް މަސް ދުވަސް ކުރިން މަސްޖިދުލްޙަރަމް ބަންދު ކުރުމަށް ފަހު މި މަހުގެ ހަތަރެއްގައި އެޤައުމުން ވަނީ އެޤައުމުގައު ދިރިއުޅޭ މީހުންނަށް ޢުމްރާ ކުރަން ހުއްދަ ދޭންވެސް ފަށާފަ އެވެ. އެގޮތުން ޢުމްރާ ކުރަން ފެށުމުގެ ފުރަތަމަ ފިޔަވަހީގައި ޢުމްރާގައި ބައިވެރިވާން ހުއްދަ ދިނީ ދުވާލަކަށް 6،000 މީހުންނެވެ. އަދި އިއްޔެ ދެވަނަ ފިޔަވަހި ފެށުމުން ދުވާލަކަށް 15،000 މީހުންނަށް ޢުމްރާ ކުރެވޭނެ އެވެ.

މީގެ އިތުރުން ދެވަނަ ފިޔަވަހީގައި ކޮންމެ ދުވަހަކު 40،000 މީހުންނަށް މަސްޖިދުލްޙަރަމްގައި ނަމާދު ކުރަން ހުއްދަ ދޭނެ އެވެ.

އެއަށް ފަހު އަންނަ މަހުގެ އެކަކުން ފެށިގެން ދުވާލަކު 20،000 މީހުންނަށް ޢުމްރާ ކުރެވޭނެ އެވެ. އަދި ބޭރު ޤައުމުތަކުގެ މީހުންނަށްވެސް ޢުމްރާގައި ބައިވެރިވެވޭނެ އެވެ.

 

ޓެގް

ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.