ކުރީގެ ޢަދަދާއި ގުޅޭ...
ވިދާޅުވޭ: “އަންދަލުސް”– ބޮޑު އިންޤިލާބެއް ގެނުވި ދަރުހެއް (1 ވަނަ ބައި)
ވިދާޅުވޭ: “އަންދަލުސް”– ބޮޑު އިންޤިލާބެއް ގެނުވި ދަރުހެއް (2 ވަނަ ބައި)
ވިދާޅުވޭ: “އަންދަލުސް”– ބޮޑު އިންޤިލާބެއް ގެނުވި ދަރުހެއް (3 ވަނަ ބައި)
ވިދާޅުވޭ: “އަންދަލުސް”– ބޮޑު އިންޤިލާބެއް ގެނުވި ދަރުހެއް (4 ވަނަ ބައި)
ދަރުސް އާއި މެދު ޢިލްމުވެރިންގެ ވާހަކަ:
އެހެން ދަރުސްތަކާއި ޚިލާފަށް އަންދަލުސް ދަރުސްއަށް ގިނަ ޢިލްމުވެރިން ހާޒިރުވެފައިވެއެވެ. "އިސްލާމް ދީނުގެ އަސްލާއި ހިލާފުވުމުން ހުރިހާ އިލްމުވެރިން އެކައްޗެއް ކިޔައި އެއްގަލަކަށް އަރަން ޖެހޭ"ކަމަށް ޝެއިޚް ޝަމީމް ގޮވާލާ ޢިލްމުވެރިންނަށް މުޚާތަބުކޮށް ވާހަކަ ދެއްކެވިއިރު ޢިލްމުވެރިންގެ ލޮލުން ކަރުނަ އައިތަން ފެނިގެންދިޔައެވެ. މިދަރުސް އާއި މެދު ޢިލްމުވެރިންވެސް ވަނީ އެބޭފުޅުންގެ ޝުޢޫރު ފާޅުކޮށްފައެވެ.
ޖެހިގެން އައި ދުވަހު އިސްލާމިކް މިނިސްޓާރ ޑރ މުހައްމަދު ޝަހީމް ވިދާޅުވެފައިވަނީ "ރޭގައި ޝެއިޚް އާދަމް ޝަމީމް ދެއްވި ދަރުސަކީ ދިވެހި ތާރީހުގައި މިހާތަނަށް ޢިލްމުވެރިއަކު ދިވެހި ޤައުމަށްޓަކައި ދެއްވި އެންމެ ވަރުގަދަ ދަރުސް. ރޭގެ ދަރުސް އަޅުގަނޑު ޓީވީއިން ބެލީ ވަރަށް ޝައުގުވެރިކަމާއި އެކު."ކަމަށެވެ.
ދަރުސްއަށްފަހު ޝެއިޚް މުހައްމަދު އަނީލް އެބޭފުޅާގެ ފޭސްބުކްގައި ލިޔެފައިވަނީ “މިރޭ ތިޔަ ދެއްވި ދަރުސްގެ ސަބަބުން ދިވެހި ރާއްޖޭގެ ޢިލްމުވެރިން އިސްއުފުލާލާއިގެން އުޅެން ފުރުސަތު ލިބިއްޖެ”ކަމަށެވެ.
އަދި އަލް އުސްތާޛް އަލީ ޒާހިރު ފޭސްބުކްގައި ރޭގައި ލިޔެފައިވަނީ “ކޮންމެ ބަޔަކު ކޮންމެ އެއްޗެކޭ ކިޔަސް ދީނީ ޢިލްމުވެރިން އެބޭފުޅުންގެ މަސްޢޫލިއްޔަތު އުފުލުމުގައި ފަސްނުޖެހުމަށް ދަންނަވަން. ހައްޤު ބަސް ކުރިއަށް ނެރުއްވާ، ވަކި ބަޔަކު ރާއްޖޭގައި ތިއްބެވީ ތިން ހަތަރު ޝެއިޚުން ކަމަށް ޤަބޫލު ކުރިޔަސް ފަރުވާލެއްނެތް. އޭގެންވެސް ހާމަކޮށްދެނީ އެއްބަޔެއްގެ ނާއިންސާފާއި އަމިއްލަ އެދުން.”ކަމަށެވެ.
ޝެއިޚް އާދަމް ނިޝާން “އަންދަލުސް” ދަރުސް އާއި ބެހޭ ގޮތުން ފޭސްބުކްގައި ލިޔުއްވާފައިވަނީ “އަންދަލުސް ގެ ނަމުގައި ބޭއްވި ދަރުސް އަކީ ވަރަށްވެސް ފުރިހަމަ ހާލަތާއި ގުޅޭ މުހިންމު ދަރުސްއެއް. މާޝާﷲ، މިދަރުސް އިން އަޅުގަނޑުމެންގެ ޤާފިލްވެފައިވާ ހިތްތަކަށް ހޭލައްވާލާ، އަޅުގަނޑުމެންނަށް ވަރަށް ގިނަ ގުނަ އިބްރަތުން ފުރިގެންވާ ފިލާވަޅުތަކެއް ލިބިދީފި.”ކަމަށެވެ.
ރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން “އަންދަލުސް” އާއި ބެހޭ ގޮތުން ދީފައިވާ މިދަރުސް ގެ ސަބަބުން ރާއްޖޭގެ ޢިލްމުވެރިންނަށް ހިތްވަރު ލިބިފައިވާކަން އެބޭފުޅުންގެ ވާހަކަތަކުން އެނގެއެވެ. މުންކަރާތް މަނާ ކުރުމަށް ޢިލްމުވެރިންގެ ބޮލުގައި އެޅިފައިވާ ޒިންމާ އައިގެން ކުރިއަށްދާން ތައްޔާރަށް ތިބިކަން އެބޭފުޅުންގެ ބަސްތަކުން އެނގެއެވެ.
އަންދަލުސް ދަރުސް އަކީ ހަގީގަތުގައިވެސް ބޮޑު އިންޤިލާބެއް ގެނުވި ދަރުހެކެވެ. (ނިމުނީ)
ވީޑީއޯ: "އަންދަލުސް" ދަރުސް - ދަރުސްލައިވްއިން
ފޮޓޯ: “އަންދަލުސް” ދަރުސް
ކޮމެންޓް (0)
ލޯޑް ކުރަމުން...