ކޮލަމިސްޓް "އަންދަލުސް" ދަރުސް - ބޮޑު އިންޤިލާބެއް ގެނުވި ދަރުހެއް (4 ވަނަ ބައި)

"އަންދަލުސް" ދަރުސް - ބޮޑު އިންޤިލާބެއް ގެނުވި ދަރުހެއް (4 ވަނަ ބައި)

"އަންދަލުސް" ދަރުސް - ބޮޑު އިންޤިލާބެއް ގެނުވި ދަރުހެއް (4 ވަނަ ބައި)

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ކުރީގެ ޢަދަދާއި ގުޅޭ...

ވިދާޅުވޭ: “އަންދަލުސް”– ބޮޑު އިންޤިލާބެއް ގެނުވި ދަރުހެއް (1 ވަނަ ބައި)

ވިދާޅުވޭ: “އަންދަލުސް”– ބޮޑު އިންޤިލާބެއް ގެނުވި ދަރުހެއް (2 ވަނަ ބައި)

ވިދާޅުވޭ: “އަންދަލުސް”– ބޮޑު އިންޤިލާބެއް ގެނުވި ދަރުހެއް (3 ވަނަ ބައި)

ސިޔާސީ ބޭފުޅުންގެ ދުލުން "އަންދަލުސް" ދަރުސް:

"އަންދަލުސް" ދަރުސް އަށް ފަހު އެދަރުސްގެ ބޭނުން ސިޔާސީ ފަރާތްތަކުންވެސް ވަނީ ހިފާފައެވެ. އެގޮތުން "އަންދަލުސް" ގެ ވާހަކަ ސިޔާސީ ޕޯޑިއަމްތަކުންނާއި މަޖިލީސްގެ ތެރެއިންވެސް ވަނީ އިވިފައެވެ. އެހެންކަމުން އެފަދަ ވާހަކަތައް ތާރީހަށްޓަކައި ބަޔާންކުރުމަކީ މުހިންމުކަމެއްކަމަށްވީތީ އެވާހަކަތައް ގެނެސްދޭނަމެވެ.
ދުވަހު ނޫސް ހަވީރަށް ދީފައިވާ ބަސްދީގަތުމެއްގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު 21 ސެޕްޓެމްބަރ 2013 ގައި ވިދާޅުވެފައިވަނީ "ސަލަފު ޖަމިއްޔާ އިން އަންގާރަ ދުވަހުގެ ރޭ 'އަންދަލުސް'ގެ ނަމުގައި ބޭއްވި ދީނީ ތަގުރީރަކީ ވަރަށް އިބުރަތްތެރި ތަގުރީރެއް ކަމަށާއި އިންތިހާބުގެ ދެ ވަނަ ބުރާ ކުރިމަތިލާ އިރު އެ ތަގުރީރުން ގިނަ އިބުރަތްތަކެއް ލިބިގަންނަންޖެހޭ"ކަމަށެވެ.

ދުވަހު ނޫސް "ސީއެންއެމް" އަށް ދީފައިވާ ބަސްދީގަތުމެއްގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު 21 ސެޕްޓެމްބަރ 2013 ގައި އިތުރަށް ވިދާޅުވެފައިވަނީ "ސްޕްރީމު ކޯޓުގެ ބެންޗުގެ ވާހަކަ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވަނީ ދެބޭނުމެއްގައި" ކަމަށެވެ. "ފުރަތަމަ ބޭނުމަކީ ދީނީ އިލްމުވެރިންތަކެއް އިސްނަގައިގެން ބޭއްވި ދަރުސް އަންދަލުސްގެ ވާހަކަތައް އޮއްބާލުން ކަމަށާއި ދެވަނަ ބޭނުމަކީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހިނގާފައިވާ ކަންތައްތައް ބެލުމުގެ ޖާގަ ނުދިނުން"ކަމަށް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ޑރ. މުހައްމަދު ޖަމީލް "އަންދަލުސް" ދަރުސް އާއި ބެހޭގޮތުން އެނޫހުގައި ވިދާޅުވެފައިވަނީ "އަންދަލުސް ދަރުސުން ވަރަށް ސާފުކޮށް އެބަ އިބްރަތްތަކެއް ހާމަކޮށްދޭ މުޅި ދިވެހި މުޖުތަމައަށް." މިފަދައިންނެވެ.

ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފް ޕީޕީއެމްގެ ޖަލްސާއެއްގައި ވިދާޅުވެފައިވަނީ "މިއީ އިރާދަކުރެއްވި އަޅުގަނޑުމެން ހޯދާ ކުރިއެރުމަކީ މިއީ އަންދުލުސް ދަރުހުގެ ބޭނުމަކީ... ވަރަށް އަވަހަށް ދެ ވަނަ އަންދުލުސް ދަރުހެއް ގެންނާނަން" ކަމަށް ޕީޕީއެމްއިން ކާނިވާ ސަރައްދުގައި 24 ސެޕްޓެމްބަރ 2013 ގައި ބޭއްވި ޖަލްސާއެއްގައި އަލީ އާރިފް ވިދާޅުވެފައިވެއެވެ.

މިނިވަން މުއައްސަސާތަކުގެ ސަބް ކޮމެޓީގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަލީ ވަހީދު ވިދާޅުވެފައިވަނީ ސަލަފުގެ ދަރުހުގައި ރައީސް ނަޝީދަށް ނިސްބަތްކޮށް، އިދިކޮޅު ކެމްޕޭނަކަށް ދާގޮތަށް 'ރޭވިގެން އައި ކަމެއްގެ ތެރެއިން' ކުރި ކަމެއް ކަމަށް ހީފުޅު ކުރެއްވިކަމަށެވެ. ނަމަވެސް ކޮމެޓީ އަށް ހާޒިރުވެ، ކަން ހިނގައި ދިޔަ ގޮތް އެމްބީސީން ކިޔައިދިނުމުން ކަންތައްތައް ސާފުވެގެން ދިޔަ ކަމަށެވެ.

“އަންދަލުސް” ދަރުސް އާއި ބެހޭ ގޮތުން އިސްލާމިކް މިނިސްޓަރ އަދި ޢަދާލަތު ޕާޓީގެ ޚާރިޖީ ކަންތައްތަކާ ބެހޭ ކޮމިޓީގެ ރައީސް ޑރ މުހައްމަދު ޝަހީމް ފޭސްބުކްގައި ލިޔުއްވާފައިވަނީ "ރޭގައި ޝެއިޚް އާދަމް ޝަމީމް ދެއްވި އަންދަލުސް ދަރުސަކީ ދިވެހި ތާރީހުގައި މިހާތަނަށް ޢިލްމުވެރިއަކު ދިވެހި ޤައުމަށްޓަކައި ދެއްވި އެންމެ ވަރުގަދަ ދަރުސް. ރޭގެ ދަރުސް އަޅުގަނޑު ޓީވީއިން ބެލީ ވަރަށް ޝައުގުވެރިކަމާއި އެކު.”ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ލަސްކުރަން ސްޕީމްކޯޓުން ހުކުމް ކުރުމާއި ގުޅިގެން އެމްޑީޕީއިން ދަރުބާރު ގޭގައި ބޭއްވި ކުއްލި ބައްދަލުވުމުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަލީ ވަހީދު ބުނެފައިވަނީ "އަދި ކިރިޔާ އަންދަލުސް މިފެށުނީ"ކަމަށެވެ.

ސިޔާސީ ބޭފުޅުން "އަންދަލުސް"ގެ ބޭނުން ނަހަމަގޮތުގައި ނުހިފުމަށް ސަލަފުން ގޮވާލުން:
ޖަމިއްޔަތުއް ސަލަފް އިން ނެރުނު ބަޔާނުގައި ވަނީ، ”ތާއީދުކުރުމުގެ ބޭނުމުގައި ކަމަށްވިޔަސް އަދި އިދިކޮޅުހަދައި ނަން ކިލަބުކުރުމުގެ ޤަޞްދުގައި ވާހަކަދައްކާ ފަރާތްތައް ކަމަށްވިޔަސް” ދަރުސް ބޭއްވި މަޤްޞަދު އޮޅޭފަދަ ގޮތަކަށް ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާތީ އެކަމާ ޖަމިއްޔަތުއް ސަލަފުން ހިތާމަކުރާކަމަށެވެ. އަދި ޕީޕީއެމް އާއި ޖުމްހޫރީ ކޯލިޝަނަށް ތާއީދުކުރައްވާ ބައެއް ފަރާތްތަކުންވެސް ދަރުސްގެ މަޤްޞަދު އޮޅޭނެހެން ދަރުސް ބޭނުންކުރަމުންދާތީ އެކަން ނުކުރުމަށް އެފަރާތްތަކުގެ އިސްވެރިންނަށް ސަލަފުން އިލްތިމާސްކުރާކަމަށްވެސް ސަލަފްގެ ބަޔާނުގައިވެއެވެ. އަދި "ޖަމިއްޔަތުއް ސަލަފުން އެއްވެސް ސިޔާސީ ޕާރޓީއަކާއެކު ބައިއަތު ހިފާފައިނުވާނެކަމަށާއި ސަލަފަކީ ޢިލްމުވެރިންނާއި ޖަމިއްޔާގެ ހިންގާކޮމިޓީގެ މަޝްވަރާއާއެކު މަސައްކަތްކުރާ މަދަނީ މުސްތަޤިއްލު ޖަމިއްޔާއެއް"ކަމަށް ސަލަފުން ހާމަކޮށްފައިވެއެވެ.

ދަރުސް އާއި މެދު ޢިލްމުވެރިންގެ ވާހަކަ:

(ނުނިމޭ)

ވީޑީއޯ: "އަންދަލުސް" ދަރުސް - ދަރުސްލައިވްއިން

ފޮޓޯ: “އަންދަލުސް” ދަރުސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.