ފަލަސްތީނުގެ މިނިވަން ދައުލަތް ބޮލީވިއާއިން ރަސްމީކޮށް އިއުލާން ކޮށްފިއެވެ.
ބޮލީވިއާއިން މިކަން އިއުލާން ކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ. އަދި ބޮލީވިއާއިން ވަނީ އެޤައުމާއި އިޒްރޭލާއި ދެމެދު އޮތް ގުޅުން ކަނޑާލާފައެވެ. ބޮލީވިއާއިން ދަނީ އިޒްރޭލަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ، އެގޮތުން އިޒްރޭލުން ފަލަސްތީނުގައި ހިންގާފައިވާ ޤަތުލްއާންމުތަކުގެ ވާހަކަދައްކާ އިޒްރޭލާއި ދެކޮޅަށް ދަނީ ބަސް ބުނަމުންނެވެ.
ބޮލީވިއާ ފަލަސްތީން މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންފައިވާއިރު މިހާތަނަށް އާޖެންޓީނާ، އުރުގުއޭ އަދި ބްރެޒިލުންވެސް ވަނީ ފަލަސްތީން މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ އެކަން އިއުލާން ކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...