ރާއްޖޭގެ ޚަބަރު މަޤްބޫލު ޢުޒުރެއްނެތި ދަންވަރު ބޭރުގައި ނޫޅުމަށް މަޖިލީހުން މެންބަރުންނަށް އިލްތިމާސްކޮށްފި

މަޤްބޫލު ޢުޒުރެއްނެތި ދަންވަރު ބޭރުގައި ނޫޅުމަށް މަޖިލީހުން މެންބަރުންނަށް އިލްތިމާސްކޮށްފި

މަޤްބޫލު ޢުޒުރެއްނެތި ދަންވަރު ބޭރުގައި ނޫޅުމަށް މަޖިލީހުން މެންބަރުންނަށް އިލްތިމާސްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަޤްބޫލު ޢުޒުރެއްނެތި ދަންވަރު ބޭރުގައި ނޫޅުމަށް ރައްޔިތުންގެ މަޖިލީހުން މެންބަރުންނަށް އިލްތިމާސް ކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން މެންބަރުންނަށް ފޮނުއްވި އެސްއެމްއެސްއެއްގައި ވިދާޅުވީ މެންބަރުން ބޭރަށް ނުކުމެވަޑައިގެން އުޅުއްވުމުގައި ރައްކާތެރިވުމަށް އެމްއެންޑީއެފުން އެދޭ ކަމަށެވެ.

އެގޮތުން މަގުބޫލު ސަބަބެއް ނެތި މެމްބަރުން ބޭރުގައި ނޫޅުމަށާއި ހާއްސަކޮށް މަގުބޫލު ސަބަބެއް ނެތި ރޭގަނޑު 10 ގެ ފަހުން ބޭރުގައި ނޫޅުމަށް މެންބަރުންނަށް ފޮނުވި މެސެޖުގައި އިލްތިމާސް ކުރައްވާފައި ވެއެވެ.

މީގެ އިތުރުން ސެކިއުރިޓީ އަށް އެދިވަޑައިގަންނަވާ މެންބަރުންނަށް އެމްއެންޑީއެފް އިން ސެކިއުރިޓީ ދެއްވާނެ ކަމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.