ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާ ދެކޮޅަށް ކުރެވެމުންދާ ޖިހާދުގައި އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ މުޖާހިދުންގެ އެންމެ ބާރުގަދަ ޖަމާޢަތްކަމަށްވާ ޖަބްހަތުއްނުޞްރާގެ ބާރުގެ ދަށަށް ސޫރިޔާގެ ދެކުނުގެ ގިނަ ތެޔޮ ވަޅުތަކެއް ހިނގައްޖެއެވެ.
އައްރައްޤާ ސަހަރާއި އެސަހަރުގެ ވަށައިގެންވާ ސަހަރާގައި މީގެ ކުރިން ދުވާލަކު ތިން ލައްކަ އަށްޑިހަ ހާސް ފީފާ ތެޔޮ އުފައްދަމުން ދިޔައެވެ. ނަމަވެސް ސޫރިޔާގެ ޖިހާދު ފެށި، ބައްޝާރުލް އައްސަދުގެ ވެރިކަމާ ދެކޮޅު ޙަރަކާތްތައް އިތުރުވެގެން ދިޔުމާއެކު ބައިނަލް އަޤްވާމީ ފިއްތުންތައް ސުރިޔާގެ ވެރިކަމަށް އައުމާއެކު ތެޔޮ އެކްސްޕޯރޓްކުރުމުގެ މަގުތައް ބަންދުވެގެން ދިޔައެވެ.
މިހާރު، އައްރައްޤާގެ ތެޔޮ ވަޅުތައްވަނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި އެންމެ ވަރުގަދަ ޖަމާޢަތްކަމަށްވާ ޖަބްހަތުއްނުޞްރާގެ ބާރުގެ ދަށުގައެވެ. ޖަބްހަތުއް ނުޞްރާއިން މިހާރު އަންނަނީ މި ތެޔޮ ވަޅުތަކުން ތެޔޮ އުފައްދާ، ނުހަނު ބޭނުންޖެހިފައިވާ ޢާއްމުންނަށްޓަކާ ހެޔޮ އަގެއްގައި ތެޔޮ ވިއްކަމުންނެވެ. ޖަބްހަތުއްނުޞްރާގެ އަތުން ތެޔޮ ގަންނަމުންދަނީ އަމިއްލައަށް ތެޔޮ ސާފުކުރާ ވިޔަފާރިވެރިންނެވެ. އެމީހުންދަނީ އެމީހުންގެ ގޭގޭގައި ހަދާފައިވާ ރިފައިނަރީތަކުން ތެޔޮ ސާފުކޮށް ޢާއްމުންގެ ދަތުރުފަތުރާއި ކެއްކުމުގެ ބޭނުންތަކަށް ތެޔޮ ވިއްކަމުންނެވެ.
ޖަބްހަތުއްނުޞްރާގެ އަތުން ތެޔޮ ގަންނަމުންދާ ފަރާތްތަކުން ހާމަކުރާ ގޮތުގައި، އެހެން ޖަމާޢަތްތަކާ ޚިލާފަށް ޖަބްހަތުއްނުޞްރާއަކީ އަޚްލާޤީ ގޮތުން މަތިވެރި ޚުލްޤެއްގެ ވެރިބައެކެވެ.
"ޖަބްހަތުއްނުޞްރާއިން އަހަރެމެންގެ އަތުން ޓެކްސްއެއް ނުވަތަ އިތުރު އެހެންވެސް ޗާރޖެއް ނުނަގާ. އެހެންވީމާ، އަހަރެމެން އެމީހުން އަތުން މި ގަންނަނީ އެމީހުން އެގޮތުގައި އިތުރު އަގެއް ނަގަން ނުޖައްސަންވެސް ވެގެން." ރައްޤާ ޕްރޮވިންސުން ތެލުގެ ވިޔަފާރިކުރަމުންދާ ފަރާތެއްކަމަށްވާ ޢުމަރު މަހުމޫދު ޓެލެގްރާފަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވެއެވެ.
މި ތެޔޮ ވަޅުތައް ޖަބްހަތުއްނުޞްރާއަށް ލިބިގެން ދިޔުމަކީ މެދުއިރުމަތީގެ މަސްރަޙަށް ބޮޑު ބަދަލެއް ގެނުވާނެކަމެއްވެސް މެއެވެ. މި ތެޔޮ ވަޅުތައް ހިމެނޭ ސަރަޙައްދަކީ އަވައްޓެރި ޢިރާޤާ އިންވެގެން އޮންނަ ސަހަރުތަކެކެވެ. އަނެއްކޮޅުން ބޯޑަރލައިންގެ ޢިޜާޤާވީ ފަޅީގައި ހިމެނޭ އަވަށްތަކަކީ ޢިރާޤުގެ އިސްލާމީ ދަޢުލަތުގެ ބާރުގެދަށުގައިވާ ސަހަރުތަކެކެވެ. އެހެންކަމުން ދާދި ފަހުން ގުޅިފައިވާ ޢިރާޤުގެ އިސްލާމީ ދައުލަތާއި ސޫރިޔާގެ ޖަބްހަތުއްނުޞްރާއަށް މި ސަރަޙައްދަކީ ވަރަށް މުޙިއްމު ސަރަޙައްދަކަށް ވެގެންދާނެއެވެ.
ތެލުގެ ވިޔަފާރީގެ އިތުރުން ޖަބްހަތުއްނުޞްރާއިން އަންނަނީ ސޫރިޔާގެ ޢާއްމުންނަށް ޚިދުމަތްދިނުމުގެ ގޮތުން ގޮދަންފުށުގެ ވިޔަފާރިވެސް ކުރަމުންނެވެ. ހަނގުރާމާގައާއި އިޤްތިޞާދުގައި އަދި ފަތަޙަކުރާ ރަށްރަށުގެ މައްޗަށް ވެރިކަން ކުރުމުގައި ވެސް މާތް އަޚްލާޤެއްގެ ވެރި ޖަމާޢަތެއްކަމަށް ސޫރިޔާގެ ޢާއްމު ރައްޔިތުން ޤަބޫލުކުރަމުން އަންނަ ޖަބްހަތުއްނުޞްރާއަކީ ޓެރަރިސްޓް ޖަމާޢަތެއްކަމަށް އެމެރިކާއިން ވަނީ ކަނޑައަޅާފައެވެ. އެނިންމުމާ ސޫރިޔާގެ ރައްޔިތުން ތިބީ ހިތްހަމަ ޖެހިފައެއްނޫނެވެ. އެގޮތުން، "އަހަރެމެން އެންމެންނަކީވެސް ޖަބްހަތުއްނުޞްރާ"ކަމަށްބުނެ، ސަރުކާރާ ދެކޮޅު ހުރިހާ ޖަމާޢަތްތަކަކުންވަނީ މުޅި ސޫރިޔާގައި އިހުތިޖާޖުވެސް ކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...