ދުނިޔެ ޢިރާޤާއި ސީރިޔާގެ މުޖާހިދުންގެ ޖަމާޢަތްތައް ގުޅެނީ

ޢިރާޤާއި ސީރިޔާގެ މުޖާހިދުންގެ ޖަމާޢަތްތައް ގުޅެނީ

ޢިރާޤާއި ސީރިޔާގެ މުޖާހިދުންގެ ޖަމާޢަތްތައް ގުޅެނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޢިރާޤުގައި ޖިހާދު ކުރަމުންދާ އެންމެ ކާމިޔާބު އެއް ޖަމާޢަތްކަމަށްވާ ޢިރާޤުގެ އިސްލާމީ ދައުލަތާއި ސީރިޔާގައި އެންމެ އިސްކޮށް ޖިހާދުކުރަމުންދާ ޖަމާޢަތްކަމަށްވާ ޖަބްހަތުއް ނުޞްރާއާ އެއްބައިވެ އެކަތިގަނޑަކަށްވެ، ދެބައިމީހުން ގުޅިގެން އާ ޖަމާޢަތެއް ހަދަމުންދާކަމަށް 2 ޤައުމުގައި ޙަރަކާތްތެރިވަމުންދާ މުޖާހިދުންގެ މަޞްދަރުތަކުން ހާމަކޮށްފިއެވެ.

ޢިރާޤުގެ އިސްލާމީ ދައުލަތުގެ ފަރާތުން ވާހަކަދައްކަވަމުން އެޖަމާޢަތުގެ އިސްފަރާތެއްކަމަށްވާ އަބޫ ބަކްރު އަލްބަޣްދާދީ ވިދާޅުވެފައިވަނީ 2 ޖަމާޢަތްގުޅިގެން އުފައްދާ ޖަމާޢަތަށް ކިޔާ ނަމަކީ ޢިރާޤާއި ޝާމްގެ އިސްލާމީ ދައުލަތް ކަމަށެވެ. އަދި މި ގުޅުމުގެ ސަބަބުން 2 ޖަމާޢަތުގެ މެދުގައި ހަތިޔާރާއި ފައިސާ ބަދަލުކުރެވިގެން ދާނެކަމަށާއި ޖިހާދުގެ މައިދާނުގައި ގުޅިގެން ޙަރަކާތްތައް ކުރިއަށް ގެންދިޔުމަށް ފަސޭހަވެގެން ދާނެކަމަށް ވެސް އެފަރާތުން ހާމަކުރެއެވެ.

ޢިރާޤުގެ އިސްލާމީ ދައުލަތާއި ސީރިޔާގައި ޖިހާދުކުރަމުންދާ ޖަބްހަތުއް ނުޞްރާ އާ ދެ ޖަމާޢަތަކީވެސް އެމެރިކާގެ ފަރާތުން ޓެރަރިސްޓް ޖަމާޢަތްތަކެއް ކަމަށް ކަނޑައަޅާފައިވާ 2 ޖަމާޢަތެވެ. ނިމިދިޔަ އަހަރު ޖެނުއަރީ މަހު އުފެދުނު ޖަބްހަތުއް ނުޞްރާއަކީ ސީރިޔާގެ ޢާއްމުންގެ މެދުގައި ނުހަނު ބޮޑު މަޤްބޫލްކަމެއް ހޯދާފައިވާ ޖިހާދީ ގުރޫޕެކެވެ. އެގޮތުން އެހެން މުޖާހިދުންގެ ގުރޫޕްތަކާ ޚިލާފަށް ޖަބްހަތުއް ނުޞްރާއަކީ މާތް އަޚްލާޤެއްގެ ވެރިބައެއްކަމަށް ސީރިޔާގެ ޢާއްމުން ބުނަމުންދެއެވެ. އަދި ހުޅަނގުގެ ނޫސްވެރިންވެސް މި ޙަޤީޤަތާ މެދު އެއްބަސްވެއެވެ. އެޖަމާޢަތަކީ ޓެރަރިސްޓް ޖަމާޢަތެއްކަމަށް އެމެރިކާއިން ކަނޑައެޅުމުން މުޅި ސީރިޔާގައި ވަނީ ޖަބްހަތުއް ނުޞްރާގެ ޙިމާޔަތުގައި ބޮޑު މުޒާހަރާތަކެއް ކޮށްފައެވެ. ބައްޝާރުލް އަސަދާ އިދިކޮޅު ހަނގުރާމަވެރި ހުރިހާ ޖަމާޢަތްތަކަކުންވެސް ބުނަމުންދަނީ ޖަބްހަތުއް ނުޞްރާއަކީ އެމީހުންނަށް މަގުދައްކައިދޭ ސްޕެޝަލް އެލީޓް ފޯސްއެއްކަމަށެވެ. އަދި އެމެރިކާއިން އެއީ ޓެރަރިސްޓުންކަމުގައި ކަނޑައެޅުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް އެފަރާތްތަކުން ބުނެއެވެ.

ސީރިޔާގައި މިފަދަ މަޤްބޫލުކަމެއް ލިބިފައިވާ ބޮޑު ޖަމާޢަތަކާއި ޢިރާޤުގެ އެންމެ ކާމިޔާބު ޖިހާދީ ޖަމާޢަތާ ގުޅިގެން ދިޔުމުން މެދުއިރުމަތީގެ ޙާލަތަށް ބޮޑު ބަދަލެއް އައިސްގެން ހިނގައިދާނެކަމަށް މަޝްރަހް ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.