އިނގިރޭސިން އިންޑިޔާ އަޅުވެތިކޮށްފައި އޮތްއިރު ފޭރިގަނެގެން ގެންދިޔަ، ދުނިޔޭގައި އޭރު އޮތް އެންމެ ބޮޑު، ޖަވާހިރު ކަމުގައިވާ ކަހިނޫރު ޖަވާހިރު އަނބުރާ އިންޑިޔާއާއި ހަވާލުކުރުމަށް އެ ޤައުމުން އިނގިރޭސި ވިލާތުގައި އެދެންފަށައިފިއެވެ.
މި ޖަވާހިރަކީ އޭރުވެސް އަދި މިހާރުވެސް ދުނިޔޭގައި އޮތް އެންމެ އަގުބޮޑު ޖަވާހިރުކަމަށްވެއެވެ. ކަހިނޫރު ޖަވާހިރު ފޭރިގަތުމަށްފަހު އިނގިރޭސިވިލާތަށް ގެންދެވުނުތާ 161 އަހަރު ފަހުން، 2010 ވަނަ އަހަރު އިންޑިޔާއިން މިވަނީ ރަސްމީގޮތުން އިނގިރޭސި ސަރުކާރުގައި އެ ޖަވާހިރު އަނބުރާ އެ ޤައުމާ ޙަވާލުކުރުމަށް އެދިފައެވެ. އަދި ފަހަކަށް އައިސް އިންޑިޔާއިން އަންނަނީ މި ކަމަށް ތަކުރާރުކޮށް އެދެމުންނެވެ.
އާކިއޮލޮޖިކަލް ސާރވޭ އޮފް އިންޑިޔާ (އޭ އެސް އައި) އިން އަންނަނީ ބައިނަލްއަޤްވާމީ ޖަމުއްޔާތަކާއި އަދި ޔުނެސްކޯ އާއި ގުޅިގެން ކަހިނޫރު ޖަވާހިރު ހޯދުމަށް ކެމްޕެއިންކުރަމުންނެވެ. ނަމަވެސް އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރޫންއާއި ޙަވާލާދީ ނޫސްތަކުން ބުނާގޮތުން އިންޑިޔާއިން ކިތަންމެ ބޭނުންވިޔަސް ކަހިނޫރު ޖަވާހިރު އަނބުރާ އެ ޤައުމަކަށް ރައްދުކޮށްދެވޭކަށް ނެތެވެ. އިންޑިޔާއަށް ކުރެއްވި ދަތުރުފުޅެއްގައި އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރަން އިތުރަށް ވިދާޅުވެފައިވަނީ އިނގިރޭސި މިއުޒިއަމްގައި ހުރި އިންޑިޔާގެ އެފަދަ އާސާރީ ތަކެތި އެ ޤައުމާ ޙަވާލުކޮށްފިނަމަ އިނގިރޭސިވިލާތުގެ ދާރުލްއާސާރު އެއްކޮށް ހުސްވެދާނެކަމުގައެވެ.
އިންޑިޔާގެ އިތުރުން ޕާކިސްތާނުންވެސް އަންނަނީ ކަހިނޫރު ޖަވާހިރު އެ ޤައުމާ ޙަވާލުކުރުމަށް އެދެމުންދިއުމެވެ. އަދި މީގެ އިތުރުން އަފްޣާނިސްތާނާއި ޢިރާނުންވެސް ކަހިނޫރު ޖަވާހިރުގެ މިލްކުވެރިކަމަށް ދަޢުވާކުރަމުން އަންނަކަމަށް އިނގިރޭސި ސަރުކާރުންވަނީ ބުނެފައެވެ.
އިނގިރޭސިން ކަހިނޫރު ޖަވާހިރު ފޭރިގަތުމަށް ފަހު ލަންޑަން އަށް ގެންދިޔައީ 6 އޭޕްރީލް 1850 ވަނަ އަހަރުއެވެ. އަދި އެއަށް ފަހު އިނގިރޭސި ޝާހީ ތާޖުކޮޅުގައި އެ ޖަވާހިރު ހަރުކުރެވުނެވެ. މިހާރު އެ ޖަވާހިރު އޮތީ އިނގިރޭސިވިލާތުގެ ދާރުލް އާސާރުގައި ރައްކާ ކުރެވިފައެވެ.

















އިގރޭސިވިލާތުގެ ދާރުލްއާސާރުގައި ވަނީ ހުސް ފެރިފައިވާ ތަކެތިކަން ޔަގީންވީތާއެވެ.
އެހެންވެއްޖެއްޔާ މީހުންގެ އަތުން ފޭރުނު މުދަލުން މުއްސަނދިވެ ބިލިޔަނަރަކަށް ވެފައިވާ މީހާވެސް އަނބުރާ މުދަލުގެ ވެރިފަރާތާ މުދާ ހަވާލުކުރަން އެންގީމަ ބުނާނީ، “ތިމަންނަ އަތުގައި ހުރި ތިފަދަ ފައިސާ އަނބުރާ ދީފިނަމަ ތިމަންނަ އަތް ހުސްވެ ފަގީރު ވެދާނެއޭ” އެހެންވީމަ ތިިކަން ކުރެވޭކަށްނެތޭ ތާއެވެ. ތިމީހުންނަކީ ކޯހޭނޫރު ގެ އިތުރަށް ދުނިޔޭގެ އެތައް ތަނަކުން އެތަންތަނުގެ ނިކަމެތި ރައްޔިތުންގެ މުދާ ފޭރިގެންފައިވާ ބައެކެވެ.
کوہِ نور (ކޯހޭނޫރު) މިއީ މި ޖަވާހިރުގެ ނަމެވެ. މާނައަކީ އަލީގެ ފަރުބަދަ (މައުންޓިން އޮފް ލައިޓް) އެވެ.