އެމެރިކާ ވޯލްޑް ޓްރޭޑް ސެންޓަރަށް ހަމަލާދިނުމުގެ ފަހަތުގައި އެމެރިކާގެ އަތެއް ވާކަމަށް ބައެއް ފަރާތްތަކަށް ޤަބޫލުކުރެވޭ، އިރާންގެ ރައީސް

ވޯލްޑް ޓްރޭޑް ސެންޓަރަށް ހަމަލާދިނުމުގެ ފަހަތުގައި އެމެރިކާގެ އަތެއް ވާކަމަށް ބައެއް ފަރާތްތަކަށް ޤަބޫލުކުރެވޭ، އިރާންގެ ރައީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ވޯލްޑް ޓްރޭޑް ސެންޓަރަށް ހަމަލާދިނުމުގެ ފަހަތުގައި އެމެރިކާގެ އަތެއް ވާކަމަށް ބައެއް ފަރާތްތަކަށް ޤަބޫލުކުރެވޭކަމަށް އިރާންގެ ރައީސް ވިދާޅުވެއްޖެއެވެ.

އީރާނުގެ ރައީސް އަހުމަދީނިޖާދު ވިދާޅުވީ ޔޫއެންގައި ވާހަކަ ދައްކަވުންނެވެ. އަހުމަދުނިޖާދު ވިދާޅުވީ، "ވޯލްޑް ޓްރޭޑް ސެންޓަރަށް ހަމަލާދިނުމުގެ ފަހަތުގައި އެމެރިކާގެ އަތެއް ވާކަމަށް ބައެއް ފަރާތްތަކަށް ޤަބޫލުކުރެވޭކަމަށާއި ޚުދު އެމެރިކާގެ ބައެއް ފަރާތްތަކުންވެސް މިފަދައިން ވާހަކަ ދައްކާ' ކަމަށެވެ. އަހުމަދުނިޖާދު ވިދާޅުވިގޮތުގައި އެމެރިކާއަށް ދިން ހަމަލާގެ ފަހަތުގައި ތިން ތިއަރީއެއް  ވާކަމަށެވެ. "އެއްކަމަކީ އެމެރިކާގެ ދިފާއީ ޖަސޫސީ ނިޒާމް ފޫއަޅުވާލެވޭ ބާރުގަދަ ޓެރަރިސްޓް ގުރޫޕަކުން ހަމަލާދިނުން. ދެވަނަ ކަމަކީ އެމެރިކާގެ ހީނަރުވަމުން ދިޔަ އިޤްތިސާދު އަނބުރާ އިއާދަކުރުމަށާއި މެދުއިރުމަތީގައި އެމީހުންގެ ބާރުވެރިކަން ގަދަކޮށް ޔަހޫދީންގެ ހަންފެތުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތުގެ ދަށުން އެގައުމުގެ ސަރުކާރުގެ ބަޔަކު ބައިވެރިވެގެން މިހަމަލާ ރޭވުން، މިއީ ދުނިޔޭގެ ގިނަ ބަޔަކު ގަބޫލުކުރާކަމެއް. ތިންވަނަ ކަމަކީ މިހަމަލާއަކީ ޓެރަރިސްޓް ގުރޫޕެއްގެ ހަމަލާއަކަށްވީނަމަވެސް އެދަނޑިވަޅުގެ ފައިދާނަގާ އެމީހުންނަށް އެއްބާރުލުން ދިނުން." ކަމަށް އިރާންގެ ރައީސް ވަރަށް ސާބިތުކަމާއިއެކު ވިދާޅުވެފައިވެއެވެ.

ވޯލްޑް ޓްރޭޑް ސެންޓަރަށް ދެވުނު ހަމަލާއަކީ 'އިންސައިޑް ޖޮބް' އެއް ނުވަތަ 'އެތެރޭގެ ހަމަލާ'އެއްކަމަށް އެމެރިކާގެ ބައެއް ފަރާތްތަކުންވެސް ދަނީ ބުނަމުންނެވެ.

ޓެގް

ހަމަލާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.