އެމެރިކާ ގްރައުންޑް ޒީރޯ ކައިރީ މުސްލިމުން މިސްކިތް ބިނާކުރަން އުޅޭ ބިން ގަތުމަށް ހުށައަޅައިފި

ގްރައުންޑް ޒީރޯ ކައިރީ މުސްލިމުން މިސްކިތް ބިނާކުރަން އުޅޭ ބިން ގަތުމަށް ހުށައަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ސާލިމް

ގްރައުންޑް ޒީރޯއާ އެންމެ ދެ ބްލޮކްސް ކައިރީގައި މުސްލިމުން ބިނާކުރަން އުޅޭ 13 ފްލޯގެ ކޮމިއުނިޓީ ސެންޓަރު ބިނާކުރުމަށް އުޅޭ ބިން ގަތުމަށް ނިއުޔޯކުގެ ރައްޔިތެއްކަމުގައިވާ ޑޮނަލްޑް ޓްރަމްފް ހުށައަޅައިފިއެވެ.

ބިން ގަތުމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ ހިޝާމް އެލް ޒަނަޓީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ބިންގަތުމަށް މުސްލިމުން ހޭދަކޮށްފައިވާ އެއްޗެއްގެ އިތުރަށް %25  އޭނާ ހުށައަޅާނެކަމަށެވެ. މިކަމާގުޅޭގޮތުން  ހިޝާމް އެލްޒަނަޓީ ވިދާޅުވެފައިވަނީ، އެކަށީގެންވާ ވަރުގެ ފައިދާއެއް ވާނަމަ އެ ބިން ވިއްކާލާނެކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ އެބިން  18 ނުވަތަ 20 މިލިއަން ޑޮލަރަށް ވިއްކާލެވިދާނެކަމަށެވެ. އެހެންކަމުން މި އަދަދަކީ ޑޮނަލްޑް ހުށައެޅި ވަރަށްވުރެއްވެސް އެތަށް ގުނައެއް ބޮޑު އަދަދެކެވެ. މުސްލިމުން މި ބިން ގަނެފައިވަނީ 4.8 މިލިއަން ޑޮލަރަށެވެ.

މުސްލިމުން ގްރައުންޑް ޒީރޯ ކައިރީ މިސްކިތެއް ބިނާކުރުމަށް ތައްޔާރުވަމުންދާތީ ގިނަ ފަރާތްތަކަކުން ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. އެގޮތުން ރިޕަބްލިކަން ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ނައިބު ރައީސާ ސަރާ ޕަލިންވެސް ހިމެނި ވަޑައިގަންނަވައެވެ. މީގެ އިތުރުން ޔަހޫދީންގެ ބައެއް ޖަމާއަތްތަކުންނާ އެމެރިކާގެ ސެނެޓުގެ ބައެއް މެންބަރުން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް އެމެރިކާގެ ރައީސް ބަރަކް އޮބާމާވެސް ވިދާޅުވެފައިވަނީ މުސްލިމުންނަށް އެތަނުގައި މިސްކިތެއް އެޅިޔަނުދީ ހިފެހެއްޓުމަކީ އެއްވެސް ބަޔަކަށް ކުރެވޭނެކަމެއް ނޫންކަމަށެވެ. އަދި މުސްލިމުންނަށްވެސް އެމެރިކާގައި އުޅޭ އެހެން ދީންތަކުގެ މީހުންނެކޭ އެއްފަދައިން އެމީހުންގެ ދީނަށް ފުރިހަމައަށް އުޅުމުގެ މިނިވަންކަން ލިބިގެން ވާކަމަށެވެ.

ޑޮނަލްޑް ޓްރަމްފް ފޮނުވި ސިޓީ

ޓެގް

އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.