އެމެރިކާ 11/9 އާ ދިމާކޮށް އެމެރިކާގައި ބާއްވަން އުޅޭ "ބާން ދަ ޤުރުއާން" އިވެންޓް ކެންސަލްވެއްޖެ

11/9 އާ ދިމާކޮށް އެމެރިކާގައި ބާއްވަން އުޅޭ "ބާން ދަ ޤުރުއާން" އިވެންޓް ކެންސަލްވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ސާލިމް

އެމެރިކާގެ ފްލޮރިޑާގެ ކުޑަކުޑަ ފަށްޅިއަކުން ރާވައިގެން ހިންގަން އުޅުނު ކީރިތި ޤުރުއާން އެންދުމުގެ ހަރަކާތް ހުއްޓާލައިފިކަމަށް އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުންދާ ޓެރީ ޖޯންސް ހާމަކޮށްފިއެވެ.

މީނާ މިކަން ހާމަކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ހަމަލާއަށް 9 އަހަރު ފުރޭ ދުވަހު ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ މި ހަރަކާތަށް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުންގެ އިތުރުން ޔަހޫދީންނާއި ނަޞާރާއިންގެ ދީނީ ލީޑަރުންނާއި ޖަމްއިއްޔާ ޖަމާއަތްތަކުގެ ފާޑުކިޔުންތަށް އަމާޒުވެފައެވެ.

ޓެރީ ޖޯންސް ހާމޮށްފައިވާގޮތުގައި ޤުރުއާން އެންދުމުގެ ހަރަކާތް ހުއްޓާލައިފައި މިވަނީ މުސްލިމުން، ވޯލްޑް ޓްރޭޑް ސެންޓަރު ހުރި ތަނާ ކައިރީގައި ބިނާކުރުމަށް ތައްޔާރުވަމުންދާ ކޮމިއުނިޓީ ސެންޓަރު އެހެންތަނަކަށް ބަދަލުކުރުމަށް އެއްބަސްވުމުންނެވެ. އެހެންނަމަވެސް ރޮއިޓާސުން ޚަބަރުދޭގޮތުގައި، މުސްލިމުން ބިނާ ކުރަން އުޅޭ ކޮމިއުނިޓީ ސެންޓަރު އެހެން ބިމަކަށް ބަދަލުކުރުމަށް އަދި މިހާތަނަށް މުސްލިމުން އެއްބަސް ވެފައެއް ނުވެއެވެ. އަދި ބައެއް މީޑިއާތަކުން ހާމަކުރާގޮތުގައި ކޮމިއުނިޓީ ސެންޓަރުހެ މަޝްރޫއަށް އެއްވެސް ބަދަލެއް އައިސްފައެއްނުވެއެވެ.

"ބާން ދަ ޤުރުޢާން" ހަރަކާތަށް ލިބިފައިވާ ފާޑުކިޔުންތަކަށް ބަލާއިރު އެންމެ ފާހަގަކޮށްލެވެނީ ޞޮލީބީންގެ މަރުކަޒުކަމުގައިވާ ވެޓިކަނުންވެސް މިހަރަކާތް ކުށްވެރިކޮށްފައި ވާކަމަވެ. ވެޓިކަންގެ އިތުރުން އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި، ސެކެއްޓްރީ އޮފް ސްޓޭޓް ހިލަރީ ކުލިންޓަންވެސް ވަނީ މި ހަރަކާތަށް ފާޑު ވިދާޅުވެފައެވެ. އަދި ކީރިތި ރަސޫލާއަށް ކާޓޫނު ކުރެހި ޑެންމާކުގެ ކާޓޫނިސްޓުވެސް ހާމަކޮށްފައިވަނީ ޤުރުއާން އެންދުމަކީ ދެން " ހައްދުފަހަނަ އަލައި ދިޔުން" ކަމަށެވެ. މީގެ އިތުރުން އަފްގާނިސްޓާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ކޮމާންޑަރު ޑޭވިޑް ޕެޓްރިއަސްވެސް ހާމަކޮށްފައިވަނީ މި ހަރަކާތުގެ ސަބަބުން އިސްލާމީ ޤައައުމުތަކުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ ހަނގުރާމަވެރިންނަށް އެތަށް ނުރަށްކަލެއް ކުރިމަތިވެގެން ދާނެކަމަށެވެ.

"ބާން ދަ ޤުރުއާން" އިވެންޓް ކެންސަލްވެފައިވާއިރު އެމީހުންގެ ވެބްސައިޓްވެސް މިހާރު ވަނީ ވެބް ހޯސްޓްކުރި ފަރާތުން ފިތުނަ އުފައްދަން އުޅޭކަމަށް ބުނެ ސަސްޕެންޑް ކޮށްފައެވެ.

ޓެގް

ލާދީނީ އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.