ޤުރުއާންގެ ކޮޕީތަކެއް އަންދާލުމަށް މަސައްކަތް ކުރަމުންދާތީ، އެކަން ހުއްޓާލުމަށް އެމެރިކާގެ ކޮމާންޑަރަކު ގޮވާލައިފިއެވެ.
"އެމެރިކާގައި ޤުރުއާންގެ ކޮޕީތައް އަންދާލުމުގެ ކަންތައް ހުއްޓާލުމަށާއި އެގޮތައް އެކަން ކޮށްފިނަމަ އެމެރިކާގެ ރައްޔިތުންނަށާއި އެމެރިކާގެ ސިފައިންނަށް އެކަމުގެ ނުރައްކާ ކުރިމަތިލާންޖެހިދާނެ" ކަމަށް އަފްޣާނިސްތާނުގައި ހުންނަ އެމެރިކާގެ ކޮމާންޑަރު ޖެނެރަލް ޕެޓްރައުސްވަނީ ބުނެފައެވެ. އޭނާ އިތުރަށް ބުނެފައިވަނީ އެއަމަލުގެ ސަބަބުން މުސްލިމުންގެ މެދުގައި އެމެރިކާގެ ރައްޔިތުންނާއި ދުޝްމަންކަން އުފެދޭނެކަމަށެވެ.
މުސްލިމު ގައުމުތަކުގައި އެމެރިކާއަށް ކުރިމަތިވާ ގޮންޖެހުންތަކަކީ މުސްލިމުން ހިތްހަމަނުޖެހޭ ރުޅިވެރިކަމަށް މަގުފަހިވާ ކަންތައް ވަމުންދާތީކަމަށް އޭނާވަނީ ބުނެފައެވެ. އަދި އެމެރިކާގެ ފައްޅިއަކުން މިފަދަ ކުރުމަކީ ބުއްދިވެރިކަމެއް ނޫންކަމަށްވެސް ވަނީ ބުނެފައެވެ.
'ޤުރުއާން އަންދާ ދުސް" ގެ ގޮތުގައި ސެޕްޓެމްބާރ 11 ވަނަ ދުވަސް ފާހަގަ ކުރުމަށް އެމެރިކާގެ ފައްޅިއަކުން ތައްޔާރުވަމުންދާއިރު އެކަމާއި އެމެރިކާގެ ބަސްވިކޭ ގިނަ ބަޔަކު ދެކޮޅެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުގައިވެސް މިކަމާއި ދެކޮޅަށް ދަނީ މުޒާހަރާތައް ބާއްވަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...