އެމެރިކާ އެމެރިކާއިން މަސްތުވާތަކެއްޗާއި ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު ނާޅާކަމަށް މެކްސިކޯގެ ރައީސް ވިދާޅުވެއްޖެ

އެމެރިކާއިން މަސްތުވާތަކެއްޗާއި ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު ނާޅާކަމަށް މެކްސިކޯގެ ރައީސް ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމެރިކާއިން މަސްތުވާތަކެއްޗާއި ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު ނާޅާކަމަށް މެކްސިކޯގެ ރައީސް ވިދާޅުވެއްޖެއެވެ.

މެކްސިކޯ ރައީސް މިފަދަ ގޮތަކަށް ވާހަކަ ދެއްކެވީ މެކްސިކޯގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުނާއި އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. މެކްސިކޯގެ ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި އާންމުވެފައިވަނީ އެމެރިކާއިން ހަތިޔާރު ވިއްކުމުގައި އިހުމާލުވެފައިވާތީ ކަމަށެވެ. މެކްސިކޯގެ ރައީސްވަނީ މީގެ ކުރިންވެސް މަސްތުވާ ތަކެއްޗާއި ވަގު ވިޔަފާރި ކުރުން ހުއްޓުވުމާއި ބެހޭ ގާނޫނުތައް ހަދާ އެގާނޫނުތައް ތަންފީޒު ކުރުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ގޮވާލާފައެވެ.

މެކްސިކޯގެ ރައީސް ވިދާޅުވާ ގޮތުގައި އެމެރިކާއިން އަވައްޓެރި ގައުމުތަކަށް މަސްތުވާތަކެތީގެ ވިޔަފާރު ކުރުން ހުއްޓުވުމަށް ގޮވާލާއިރު އެމެރިކާއިން އެކަށީގެންވާ ފިޔަވަޅުތައް ނާޅާކަމަށާއި އޭގެ ސަބަބުން މެކްސިކޯ ފަދަ އަވައްޓެރި ގައުމުތަކަށް މަސްތުވާ ތަކެތީގެ ވިޔަފާރި ހުއްޓުވަން އުނދަގޫވާނެކަމަށެވެ.

އެމެރިކާއަކީ ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އަނެކާއަށް ރަނގަޅަށް އުޅުމަށް ގޮވާލުމަށްފަހު ގޯސްކޮށް އުޅެމުންދާ ގައުމެކެވެ.

ޓެގް

އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.