އޭޝިއާ ޕާކިސްތާނު ފެނުގެ އަޑީގައި ޒަރުދާރީ އިނގިރޭސިވިލާތުގައި

ޕާކިސްތާނު ފެނުގެ އަޑީގައި ޒަރުދާރީ އިނގިރޭސިވިލާތުގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ޕާކިސްތާނަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ އެތައް ބަޔަކު ހާލުގައި ޖެހިފައިވާއިރު އެގައުމުގެ ރައީސް ބޭނަޒީރު ބުއްޓޫގެ ފިރި ޒަރުދާރީ އިނގިރޭސިވިލާތުގައި ހޭދަކުރަމުންދާތީ ހާލުގައި ޖެހިފައިވާ ޕާކިސްތާނު ރައްޔިތުން އެކަމާއި ނުރުހުން ފާޅުކުރަމުން އެބަދެއެވެ.

ޕަކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން 11 މިލިއަނަށްވުރެ ގިނަ މީހުން ހާލުގައި ޖެހި 1600 މީހުން މަރުވެފައިވާކަމަށް ރިޕޯޓްތަކުން ދައްކާއިރު ޒަރުދާރީ އުޅުއްވަނީ އެބޭފުޅާގެ ދަރިފުޅު ސިޔާސީ ދާއިރާއަށް ނެރުމަށް އަވަދިނެތިއެވެ. ގައުމުގައި އެތައް ބަޔަކު ގެނބިގެން މަރުވާއިރު ޒަރުދާރީ ދަނީ އޭނާގެ ދަރިފުޅާއިއެކު ސިޔާސީ އުސްމިންތަކުން ޖާގަ ހޯދޭތޯއެވެ.

ޒަރުދާރީގެ މިއަމަލުގެ ސަބަބުން ފާކިސްތާނާއި ޕާކިސްތާނުގެ ބޭރުން ދަނީ ތަފާތު ފާޑުކިޔުންތައް ރައްދުވަމުންނެވެ. އެގޮތުން އިނގިރޭސިވިލާތުގައިވެސް ވަނީ ޒަރުދާރީގެ ދަތުރާއި ދެކޮޅަށް ވަރުގަދަ މުޒާހަރާއެއް ބާއްވާފައެވެ. އެމީހުން ގޮވަމުން ދިޔައީ ޒަރުދާރީ އިނގިރޭސިވިލާތަށް އައިސް ހަރަދުތައް ތަޅާ ބުރުއްސަމުން ދިއުމުގެ ބަދަލުގައި އެފައިސާ ހަރަދުކުރަންވީ ޕާކިސްތާނުގައި ހާލުގައިޖެހިފައިވާ މީހުންނަށްކަމަށާއި ޒަރުދާރީ މިހާރު ހުންނަންޖެހޭނީ ޕާކިސްތާނުގައި ގައުމުގެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވާންކަމަށެވެ. ޕާކިސްތާނުގެ ރައްޔިތުންގެ މެދުގައިވެސް ހާލުގައިޖެހިފައިވާ މިދަނޑިވަޅުގައި މިއީ ބޮޑު މައުޟޫއެކެވެ. އެމީހުންގެ ނަޒަރުގައި އެމީހުން ހާލުގައިޖެހިފައިވާ ވަގުތު ޒަރުދާރީ 'އެމީހުން ދޫކޮށް ދިޔައީ' އެވެ.

އާސިފް އަލީ ޒަރުދާރީއަކީ ޕާކިސްތާނުގެ ސިޔާސީ ދާއިރާގެ ފުންނާބު އުސް ބޭނަޒީރު ބުއްޓޫގެ ފިރިމީހާއެވެ. ޒަރުދާރީ ބޭނުންވަނީ ބޭނަޒީރު ފަދައިން އެމީހުންގެ ދަރިން ސިޔާސީ ދާއިރާއަށް ނެރުމެވެ.

ޓެގް

ޕާކިސްތާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.