'އުސާމާ ބިން ލާދިން އުޅެނީ އެމެރިކާގައި' ކަމަށް އިރާންގެ ރައީސް އަހުމަދު ނީޖާދު ހާމަކޮށްފިއެވެ.
އެމެރިކާއިން އުސާމާ ބިންލާދިން އުޅެނީ އިރާންގައިކަމަށް ބުނެ ފަތުރަމުންދާ ވާހަކައަށް ޖަވާބު ދެއްވަމުން އަހުމަދު ނީޖާދު ވިދާޅުވެފައިވަނީ 'އުސާމާ ބިންލާދިން އުޅެނީ އެމެރިކާގައިކަމަށް އަޑުއެއްސެވިކަމަށާއި އުސާމާއަކީ ބުޝްގެ ރަހުމަތްތެރިއެއް'ކަމަށެވެ. އަދި 'އެމެރިކާގައި އުސާމާއުޅުން ފުރުސަތު ބޮޑު'ކަމަށެވެ.
އުސާމާ ބިން ލާދިން ހޯދަމުންދާތާ އެތައް އަހަރެއްވެފައިވާއިރު އެމެރިކާއަށް އުސާމާ އަތުލައިގަނެވިފައިނުވާއިރު އުސާމާއާއި މެދު އެކި މީހުން ފާޅުކުރަމުންދަނީ އެކި ހިޔާލެވެ. އެގޮތުން އުސާމާއަކީ އެމެރިކާގެ އެޖެންޓެއްކަމަށްވެސް އަޑުފެތުރިރިފައިވެއެވެ. އަދި އުސާމާއަކީ އިސްލާމް ދީނުގެ ދިފާއުގައި ހަނގުރާމަކުރާ 'މުޖާހިދެއް'ގެ ގޮތުގައި އަނެއް ބަޔަކު ސިފަކުރާއިރު އުސާމާއަކީ އެންމެ ނުރައްކާތެރި 'ޓެރަރިސްޓު'ކަމަށް އެމެރިކާއިން ފެށުނީންސުރެ ދަނީ ބުނަމުންނެވެ.
ފަހަކަށްއައިސް އިރާންގެ ރައީސް އަހުމަދު ނީޖާދު ދަނީ އެމެރިކާގެ ކުރިމަތީގައި ގަދަބަސް ބުނުމުގައި ދުނިޔޭގެ ރިކޯޑްތައް މުގުރަމުންނެވެ. އެމެރިކާގެ އެކި އެންގުންތަށް ބޮލާލާ ޖެހުމުގައި އިރާންއަކީ ދުނިޔެއަށް ހުރި ލާމަސީލު ނަމޫނާއެއްކަމަށް ދުނިޔޭގެ މަޝްރަހު ދިރާސާ ކުރާ މީހުންދަނީ ބުނަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...