އުސާމާ ބިން ލާދިން ޝަހީދުކޮށްލުމުގައި ބައިވެރިވި އެމެރިކާގެ ސްޕެޝަލް ފޯރސަސްގެ 20 މެމްބަރުން އަފްގާނިސްތާނުގައި މަރުވެއްޖެއެވެ. އެބައިމީހުން މަރުވެފައިވަނީ އެބައިމީހުން ދަތުރު ކުރަމުންދިޔަ . ހެލިކޮޕްޓަރު ވެއްޓުމާ ގުޅިގެންނެވެ. އަނެއްކޮޅުން ތާލިބާނުންވަނީ އެމެރިކާގެ ހެލިކޮޕްޓަރެއް ވައްޓާލާފައިވާނެ ކަމަށް ބުނެ އެހަމަލާގެ ޒިންމާ އުފުލާފައެވެ.
އިތުރު ތަފްޞީލް އަންނަނީ އިންޝާ ﷲ.
މިހާތަނަށް ލިބިފައިވާ ހަބަރުތަކަށް ބަލާއިރު މަރާލެވިފައިވަނީ އުސާމާ ބިންލާ ދިން ޝަހީދުކޮށްލި ހަމަލާ ދިން ނޭވީ ސީލް ޓީމް 6 ގެ މެމްބަރުން ކަމަށް އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ހަބަރު ފަތުރާ ވަސީލަތްތަކުގައިވަނީ ހާމަ ކޮށްފައިވެއެވެ. ނަމަވެސް މަރުވީ ސީދާ އުސާމާ ބިން ލާދިން ޝަހީދުކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންކަމެއް އަދި ސާފެއް ނުވެއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މަރުވީ އެ ޓީމަށް ނިސްބަތްވާ ނަމަވެސް އުސާމާ ޝަހީދުކޮށްލުމުގައި އަމަލީގޮތުން ބައިވެރިނުވާ ސިފައިންނެވެ.
އަނެއްކޮޅުން ޠާލިބާނުން ގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅެއް ކަމަށްވާ ޒަބީހުއްﷲ ވިދާޅުވެފައިވަނީ އެމެރިކާނުން އުޅުނީ މުޖާހިދުން ގެއެއްގެ ތެރޭތިއްބާ ހަމަލާ ދޭށެވެ. ނަމަވެސް އެބައިމީހުން އެ ހަމަލާއަށް ރައްދުދީ އާރް ޕީޖީ ހަމަލާއެއްދީ ހެލިކޮޕްޓަރެއް ވައްޓާލާފައިވާނެކަމަށްވެސް ޒަބީހުﷲ ވިދާޅުވެފައިވެއެވެ.
މި ހަމަލާ އަކީ އަފްގާނިސްތާނުގެ ހަނގުރާމައގައި އެމެރިކާ އަށް ލިބުނު އެންމެ ގެއްލުން ބޮޑު ހަމަލާތަކުގެ ތެރެއިން ހަމަލާއެކެވެ.
.އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ހެލިކޮޕްޓަރު ވެއްޓުނުތަނާ ކައިރި ސަރަހައްދު ތަކުގައި އެމެރިކާ ސިފައިންނާ ޠާލިބާނުންނާ ދެމެދު ހަމަލާ ބަދަލު ކުރެވެމުން އެބަދެއެވެ.
މައުލޫމާތު: ނޫސް އެޖެންސީތައް

ކޮމެންޓް (0)
ލޯޑް ކުރަމުން...