އެމެރިކާގެ ޓްރެޝަރީ ޑިޕާރޓްމަންޓްގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެމެރިކާގެ ސަރުކާރު ހިންގުމަށް މިހާރު ޖުމްލަ ހުރީ (£45.3) $ 73.7ބިލިޔަން ޑޮލަރެވެ.
އެޕަލްގެ އެންމެފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެޕަލްގެ ރައުސުލްމާލުގައި $76.4ބިލިޔަން ޑޮލަރު ހުރިކަމަށް ވެއެވެ.
އެމެރިކާގެ ދައުލަތުގެ ދަރަނި އެންމެ ބޮޑުކުރެވޭނެ މިންވަރެއް ކަނޑައެޅުމުގެ މައްސަލާގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު އެއްބަސްވުމަށް ނާދެވި އެމެރިކާގެ ރިޒާވް ހުސްވެދާނެ ކަމުގެ ބިރުދަނީ ބޮޑުވަމުންނެވެ. އެމެރިކާގެ ހައުސް އޮފް ރެޕްޒެންޓެޓިވް އިން މިހާރު ވަނީ ދަރަނީގެ ސީލިންގެ އިތުރުކޮށް، ދައުލަތުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ފުދޭ ވަރަށް ފައިސާ ދަރަންޏަށް ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށް ވޯޓަށް އަހަން ތައްޔާރުވެފަ އެވެ. މިހާރު ދަރަނީގެ ސީލިންގުގެ ގޮތުގައި ކަނޑައަޅާފައިވާ 14.3 ބިލިއަން ޑޮލަރުގެ މިންވަރު އިތުރު ނުކުރެވިއްޖެ ނަމަ ސަރުކާރު ހިންގުމަށް ދަތިތަކާ ކުރިމަތިވެ ކްރެޑިޓް ރޭޓިން ދަށަށް ހިނގައިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. އެމެރިކާ ސަރުކާރުން މިހާރު ޙަރަދު ކުރަމުންދާ މިންވަރު ކަމަށްވާ $14.3 ޓްރިލިޔަން ޑޮލަރުން މިހާރުގެ ހަރަދުތަށް ފޫބެއްދުމަށް ވަނީ ނުކުޅެދިފައެވެ. އެމެރިކާގެ އާމްދަނީއަށް ލިބޭ ފައިސާގެ އިތުރުން މަހަކަށް މިހާރުވެސް $200 ބިލިޔަން ހަރަދުވެއެވެ.
އެހެންމަނަވެސް އެޕަލް އަށް ބަލާއިރު މިދިޔައަހަރުގެ އާމްދަނީއަށް 120%ގެ ކުރިއެރުމެއް ވަނީ ހޯދާފައެވެ. އެއީ $7.31 ބިލިޔަން ޑޮލަރުގެ ކުރިއެރުމެކެވެ. އެހެންކަމުން އެޕަލްގެ ރައުސުލްމާލުގައި މިހާރުވެސް $75 ބިލިޔަން ޑޮލަރު ބޭނުން ގޮތަކަށް ބޭނުން ކަމަކަށް ޙަރަދުކޮއްލެވެން އެބަހުއްޓެވެ. އެޕަލްއަކީ ވަރަށް މުއްބާރު ކުންފުންޔެކެވެ. ދިރާސާކުރާފަރާތްތަކުން ހާމަކުރާގޮތުގައި އެހެންފަރާތަތަކުގެ އެފެއްދުންތަކުގެ ޕޭޓެންޓްތަށް ގަންނާނެކަމަށް ބެލެވެއެވެ. އެގޮތުން އޮންލައިންކޮށް ފިލްމްބަލާލެވޭ އެންމެ މަސްޙޫރު ސައިޓް ނެޓްފްލިކްސް ގަންނާނެކަމަށާއި އެހެނިހެން ކަންކަން ކުރާނެކަމަސް ބެލެވެއެވެ.
މިދިޔައަހަރު މައިކްރޯސޮފްޓްގެ ރައުސުލްމާލުގައި 86 $ ބިލިޔަން ޑޮލަރު އުޅެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...