އީރާނާއި ސޫރިޔާއިން ކިތައްމެ ވަރަކަށް މަސައްކަތް ކުރިއަސް އެމެރިކާ އާއި އިޒްރޭލުގެ ގުޅުމަށް ބުރޫ ނާރާނެ ކަމަށް ހިލަރީ ކްލިންޓަން ބުނެފިއެވެ.
އެމެރިކަން ޖޫސް ކޮމެޓީގައި ވާހަކަ ދައްކަމުން އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އަދި ކުރީގެ އެމެރިކާގެ ރައީސްގެ އަންހެނުން މިފަދަ ގޮތަކަށް ވާހަކަ ދައްކާފައިމިވަނީ އީރާނާއި ސޫރިއާއިން ފަލަސްތީނަށާއި ލުބްނާނަށް ހަތިޔާރު ދީގެން އިޒްރޭލަށް ނުރައްކާކުރަން އުޅޭކަމަށް ތުހުމަތު ކުރުމުގެ ގޮތުންނެވެ. ހިލަރީގެ ވާހަކައިގައި 'އިޒްރޭލަށް ނުރައްކާވެއްޖެ ހިނދެއްގައި އެމެރިކާއިން އިޒްރޭލުގެ ސަލާމަތަށްޓަކައި އެއްބާރުލުން ދޭނެ' ކަމަށެވެ.
އިޒްރޭލު އުފެދުނު ދުވަހުން ފެށިގެން އިޒްރޭލުގެ ލާއިންސާނީ އަމަލުތަށް އެނގިހުރެ އެމެރިކާއިން ދަނީ އިޒްރޭލާއި އެކު ގާތް ގުޅެއް ބާއްވަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...