އެމެރިކާ އައި.އެމް.އެފް ގެ ކޮމްޕިއުޓަރ ސިސްޓަމްތަކަށް ސައިބަރ ހަމަލާއެއްދީފި.

އައި.އެމް.އެފް ގެ ކޮމްޕިއުޓަރ ސިސްޓަމްތަކަށް ސައިބަރ ހަމަލާއެއްދީފި.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިބްރާހިމް މަބްރޫކް

އިންޓަރ ނޭޝަނަލް މޮނިޓަރީ ފަންޑް (އައި.އެމް.އެފް.) ގެ ކޮމްޕިއުޓަރ ސިސްޓަމްތަކަށް ބަޔަކު ސައިބަރ ހަމަލާއެއްދީފި ކަމަށް ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފިއެވެ.

ސައިބަރ ސެކުރިޓީ މާހިރެއް ބުނެފައިވަނީ މި ހަމަލާގެ ފަހަތުގައި ވާ ގައުމެއް ހޯދުމަށް އުދަނގޫވާނެކަމަށެވެ. މިކަމާ ގުޅޭ ގޮތުން ޑިޕާޓްމެންޓް އޮފް ހޯމްލޭންޑް ސެކުރިޓީ އެޑްވައިސަރ ޖެފް މޮސް ހާމަކުރާގޮތުގައި އެ ހަމަލައިގެ ފަހަތުގައި ވާ ބަޔަކު ނުވަތަ ގައުމެއް ނުހޯދިއްޖެނަމަ، ދެވަނަ ބަޔަކުވެސް އެފަދަ ކަމެއްކުރުމުގެ ހިތްވަރު ލިބި އެފަދަ ކަމެއްކޮށްފާނެކަމުގެ ބިރު އޭނާގެ އޮތްކަމަށެވެ

ރޮޔެޓަރސްއިން ރިޕޯޓްކޮށްފައިވާ ގޮތުން ސައިބަރ ހަމަލާއެއް ދިނުމުގެ މައިގަނޑު ބޭނުމަކީ އައި.އެމް.އެފް އިން މުހިއްމު މައުލޫމާތު ތަކެއް ވަގަށް ނެގުންކަމަށެވެ. އަދި މި ހަމަލާތަށް ދޭން ފަށައިފައިވާތާ މިހާރު އެތަށް މަހެއް ވެފައިވާކަމަށް ރޮޔެޓަރސް އާ ހަވާލީދީ ހަބަރުތައް ބުނެއެވެ. އެހެންނަމަވެސް ބޯރޑް އޮފް ޑައިރެކްޓަރސް އިން މި ހަމަލާތަކާ ބެހޭ މައުލޫމާތު ދީފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށް ރޮޔެޓާރސް އާ ހަވާލާދީ ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރެއެވެ.

ދާދިފަހަކުން ލޮކްހީޑް މާރޓިއަން، ސިޓީގުރޫޕް އިންކް، ސޮނީ ކޯރޕް އަދި ގޫގަލް އިންކަށް ވަނީ ސައިބަރ ހަމަލަތަކެއް ދީފައެވެ.

އައި.އެމް.އެފް ގައި ގިނަ ގައުމުތަކުގެ އިޤްތިޞާދާ ބެހޭ މައުލޫމާތުތައް ރައްކާކޮށްފައި ހުރެއެވެ. އަދި އެތަށް ގައުމަކުން އިޤްތިޞާދީ ލަފާ އައި.އެމް.އެފް އިން ހޯދައެވެ.

ޓެގް

ސައިބަރ ހަމަލާ އިޤްތޮޞާދު އައި.އެމް.އެފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.