ސީ.އެން.އެން އިން ހާމަކުރާގޮތުގައި ޕާކިސްތާނުގެ ޕެޝާވަރާ މާކެޓެއްގައި ދެ ބޮމް ގޮއްވާލައި 34 މީހުން މަރުވެ 94 މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިއްޖެއެވެ. މި ދެ ބޮމްވެސް ގޮެއްވާލައިފައިވަނީ ހޮނިހިރު ދުވަހުގައެވެ .
ފުރަތަމަ ގޮވުން އެހާ ބާރުގަދަ ނޫންކަމަށާއި އަދި އެ ބޮން ގޮއްވާލައިފައިވަނީ ގިނަ ބަޔަކު ޖަމާވެފައިވާ ޙައިބަރު ސުޕަރ މާކެޓް ކައިރީގައިވާ ރެސްޓޯރެންޓެއްގެ ކައިރިއަށްކަމަށް ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރެއެވެ.
ގިނަ ބަޔަކު މަންޒަރުދުށުމަށް ޖަމާވެފައިވަނިކޮށް މީހަކު ޖާނުންފިދާވެގެން ދެވަނަ ބޮމްވެސް ގޮއްވާލައިފަވާކަމަށް ހަބަރުތައްބުނެއެވެ. ޕެޝާވަރުގެ ސިފައިންގެ އޮފިސަލް މުހައްމަދު އީޖާޒް ޚާން ހާމަކުރާގޮތުގައި ގާތްގަނޑަކަށް 10 ކިލޯ ގްރާމްގެ ގޮވާތަކެތި ދެވަނަ ގޮއްވާލުމުގައި ބޭނުންކޮށްފައިވެއެވެ .
ޕުރެސް ޓީވީން ހާމަކުރާގޮތުގައި ފުލުހުން މިކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައިވެއެވެ. .
ޕެޝާވަރުގެ ޕުރެސް ކުލަބްގެ ރައީސް ސައިފް އަލް އިސްލާމް ސައިފީ ވިދާޅުވީ އެ ގޮވުންތަކުގައި އެއް ނޫސްވެރިއަކު މަރުވިކަމަށެވެ. އަދި ނުވަ ނޫސްވެރިއަކަށް އެކި ވަރުގެ ޒަހަމްތައް ލިބުނުކަމަށެވެ. އެހެންނަމަވެސް ޕްރޮވިންސް މިނިސްޓަރ ދެ ނޫސްވެރިއަކު މަރުވިކަމަށް ހާމަކުރެއްވިއެވެ. އެވަގުތު އެ ތަނުގައި ގިނަ އަދަދެއްގެ މީޑިއާ އޮފިސަލުން ތިބިކަމަށް ހަބަރުތައް ބުނެއެވެ.
ފަހަކަށްއައިސް ޕެޝާވަރު ހިމެނޭ ސަރަހައްދުގައި އަންނަނީ އެކި ކަހަލަ ހަމަނުޖެހުންތައް ހިންގަމުންނެވެ. ޖޫން 5ގައިވަނީ ޕެޝާވަރުގެ އިރުމަތީ ފަރާތުގައިވާ ނޯޝެރާގެ ބޭކަރީއަކަށް ހަމަލާދިނުމުގެ ސަބަބުން 19 މީހުން މަރުވެ އާއްމުންގެ އެތައް ބަޔަކަށް އެކިވަރުގެ ޒަހަމްތައްލިބިފައެވެ. އަދި ހަމަ އެދުވަހު ބަސް ސްޓޮޕް ކައިރިން ބާރުގަދަ އެއްޗެއް ގޮއްވާލުމުގެ ސަބަބުން ތިން އަންހެނުންނާއި ކުޑަ ކުއްޖަކުވަނީ މަރުވެފައެވެ. މީގެ އިތުރުން މޭ 25 ގަ ޕެޝާވަރުގެ ފުލުހުންގެ އިދާރާކައިރި ޖާނުން ފިދާވެގެން މީހަކު ދިން ބޮމުގެ ހަމަލައިގައި ގާއްގަނޑަކަށް 7 ފުލުހުންގެ އޮފިސަލަކު ވަނީ މަރުވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...