އިންޓަރނެޓްގައި ބޮޑެތިހަނގުރާމަތަށް އަބަދުވެސް އެކިގައުމުތަކުގެ މެދުގައި އަންނަނީ ކުރެވެމުން ނެވެ. އެއްބައެއްގެ ނެޓްވޯރކް ވިއުގައަށް ހަމަލާދީ ސިއްރު މަޢުލޫމާތުހޯދާ ހެދުމާއި އެކިކަހަލަ ޖެއްސުންކުރުމަކީ އެމެރިކާނުންފެށި ކަމެކެވެ. ފޭހުނުއިލޮށި މިވަނީ އަމިއްލަ ލޮލަށް އަމާޒުވެފައެވެ. ފަހަކަށް އައިސް އެމެރިކާއަށް އަމާޒު ކޮށްގެން އިންޓަރނެޓް މެދުވެރިކޮން ދެމުންގެންދާ ހަމަލާތަށް ދަނީ އިތުރު ވަމުން ނެވެ. މިކަމާއި އެމެރިކާނުން ކަންބޮޑުވާކަމަށް ހާމަކޮއް އެއިގެ ބަދަލުގައި އެމެރިކާއަށް އިންޓަރނެޓް މެދުވެރިކޮން ހަމަލާދޭ ގައުމުތަކާ ދެކޮޅަށް ހަނގުރާމަ އިޢުލާންކުރަން ޖެހިދާނެކަމަށާއި އެކަމާއިދެކޮޅަށް އަޅާނެފިޔަވަޅުތައް ކަނޑައަޅާ ވަރަށް އަވަހަށް އަންގާނެކަމަށް ޕެންޓަގަންއިން ވާހަކަ ދެއްކި އޮފިސަލަކު ވިދާޅުވެއްޖެ އެވެ.
ހެކަރުންގެ ހަމަލާތަކުގެ ސަބަބުން ކޮންޕިއުޓްރ ވިއުގަ އަދި ޕަވަރސިސްޓަމް ނުވަތަ ދަތުރުފަތުރުގެ ނިޒާމަށް އެއްވެސް ބުރޫއެއް އަރައިފިނަމަ އެއިގެ ބަދަލުގައި ސްޕައިވެރައެއް ނުފޮނުވާނެކަމަށާއި ބަދަލުގައި އަޅާނީބޮންކަމަށް މިލިޓަރީ އޮފިސަލަކު ހާމަކޮއްފައިވެއެވެ. އަދި އިތުރަށް ބުނިގޮތުގައި ހަމަލާއެއްގެ ސަބަބުން މިސާލަކަށް އެމެރިކާގެ އެއާރޕޯރޓް ހަބްތަކަށް ހަމަލާއެއް އަތުވެއްޖެނަމަ ހަމަލާދޭނީ އެއާރޕޯރޓްތަކަށް އަދި ކޮންޕިއުޓަރ ވިއުގައަށް ހަމަލާއަތުވެއްޖެ ނަމަ އެކަން ކުރިބައެއްގެ އިމާރާތްތަށް ގޮއްވާލާނެކަމަށާއި ޕަވާރ ހަބްތަކަށް ހަމަލާދީފިނަމަ ދުންހޮޅިތަށް ބިމާހަމަ ކުރާނެކަމަށް ބުނެފައިވެއެވެ.
އާންމުކޮން އެމެރިކާނުން ނަކީ ހަނގުރާމައެއް ފެށުމުގެ ކުރިން ކޮންމެވެސް ބަހަނާއެއްދައްކާ އެތަނަކަށް ވެރިވެގަންނަމުންދާ ބަޔެކެވެ. މިގޮތަށް ވާހަކަތަށް އަމާޒުކޮއްފައިމިވަނީ އާދައިގެމަތިން ހެޔޮވަރުގެ މިލިޓަރީ ހަމަލާތަކެއް ދިނުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މިފަހަރު އަމާޒުހިފާފައިވަނީ ކޮންބަޔަކާ ދެކޮޅަށް ކަމެއް ނޭންގެއެވެ. ކޮރެއާ، ޗައިނާ، ޖަޕާން، އީރާންކަމުގައިވެސް ވެދާނެއެވެ. މީގެ ދުވަސް ކޮޅެއްކުރިން އެމެރިކާނުންނާއި އިޒުލޭލުންގެ ބައިވެރިންގުޅިގެން ވަނީ އީރާންއަށް ސައިބަރ ހަމަލާތަކެއްދީފައެވެ. އެއިގެ ރައްދުގައި އިރާނުން މަސައްކަތް ފެށުމުން އެއީ ހަނގުރާމަ އިއުލާންކުރުންކަމަށް ބުނުމުން މިފަހަރު އީރާނަށް ހަމަލާދޭން މޮޅު ސްޓަންޓްއެއް ރާވަނީކަމުގައިވުން އެކަށީގެންވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...