ޓޭންކަރެއް ދަށުވެ ކުޑަ ކުއްޖަކު ޝަހީދުވެއްޖެއެވެ.
އަފްޢާނިސްތާނުގައި ހަރަކާތްތެރިވާ ނޭޓޯ ސިފައިންގެ ޓޭންކަރެއް ދަށުކޮށްލުމުގެ ސަބަބުން ޝަހީދުވެފައިވަނީ އަފްޢާނިސްތާނުގެ ލޯގާރު ޕްރޮވިންސްގެ އަވަށެއްގައި ކަމަށް ވަނީ ކަށަވަރުވެފައެވެ. ސުކޫލަށް ދިޔަ ކުދިންތަކެއްގެ ތެރެއިން ހިމެނޭ މިކުއްޖާ ޓޭންކަރު ދަށުކޮށްލުމަށްފަހު ނޭޓޯ ސިފައިންވަނީ އެކުއްޖާ ހަސްފަތާލަކަށް ގެންގޮސްފައެވެ. އެހެނަސް ލިބިފައިވާ ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް އެ އަންހެން ކުއްޖާވަނީ މިފަނާވަނިވި ދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ.
އަފްޢާނިސްތާނުގައި ބޭރުން އަރާގެން އުޅޭ ސިފައިންގެ ސަބަބުން ޢާންމު ރައްޔިތުންނަށް މިފަދަ އެތަކެއް ހަމަލާތައް ދަނީ ރައްދުވަމުންނެވެ. އެހެނަސް އެފަދަ ހަމަލާތަކާއި މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅިފައިނުވާއިރު އަބަދުވެސް އެފަދަ ހާދިސާތައް ވެފައިވަނީ އެމީހުންނަށް ހެދޭ 'މިސްޓޭކް' ކަމުގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...