ދުނިޔެ ޣައްޒާ އަދި ހާން ޔޫނިސްގައި އިޒްރޭލުގެ ހަމަލާތައް ފުޅާކޮށް، 71 މީހުން ޝަހީދުކޮށްފި

ޣައްޒާ އަދި ހާން ޔޫނިސްގައި އިޒްރޭލުގެ ހަމަލާތައް ފުޅާކޮށް، 71 މީހުން ޝަހީދުކޮށްފި

ޣައްޒާ އަދި ހާން ޔޫނިސްގައި އިޒްރޭލުގެ ހަމަލާތައް ފުޅާކޮށް، 71 މީހުން ޝަހީދުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހޮނިހިރު ދުވަހުގެ ފަތިހުން ފެށިގެން އިޒްރޭލު ހަނގުރާމައިގެ ބާރުތަކުގެ ހަމަލާތަކުގައި 71 މީހުން ޝަހީދުކޮށްފިއެވެ.

މީގެ ތެރޭގައި އިންސާނީ އެހީ ހޯދުމަށް މަޑުކޮށްގެން ތިބި 42 މީހުން ހިމެނެއެވެ. އިޒްރޭލު ސިފައިން މިހާރު ވަނީ ހާން ޔޫނިސް އަދި ޣައްޒާ ސިޓީގައި ހަނގުރާމައިގެ ޢަމަލުތައް އިތުރަށް ފުޅާކޮށްފައެވެ.

ޣައްޒާގެ އުތުރު ހިސާބުގައި އިންސާނީ އެހީ ލިބުމަށް މަޑުކޮށްގެން ތިބި ބަޔަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި 10 މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަހަމްވިއެވެ. މީގެ އިތުރުން ހާން ޔޫނިސްގެ އުތުރުގައި ހުރި ރިހާއިޝީ އިމާރާތްތަކެއް ވެސް އިޒްރޭލު ސިފައިން ވަނީ ވައްޓާލާފައެވެ.

ހާން ޔޫނިސްގެ މަވާސީ ސަރަހައްދުގައި ހުރި ހިޖުރަވެރިންގެ ޓެންޓަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި 8 މީހުން ޝަހީދުވެފައިވާ ކަމަށް ނާސިރު މެޑިކަލް ކޮމްޕްލެކްސްއިން ބުނެއެވެ. އަދި ހާން ޔޫނިސްގެ އިރުމަތީގައި އޮންނަ ބަނީ ސުހައިލާ ރަށުގައި އިޒްރޭލުގެ ޑްރޯން ހަމަލާއެއްގައި އިތުރު ދެ މީހަކު ޝަހީދުވެފައިވެއެވެ.

ޣައްޒާ ސިޓީގެ ރަމާލް ސަރަހައްދުގައި ހުރި އެޕާޓްމަންޓް އިމާރާތަކަށް ދިން ހަމަލާއެއްގައި ފިރިއަކާއި އޭނާގެ އަނބިމީހާ ހިމެނޭ ގޮތަށް 4 މީހުން ޝަހީދުވެފައިވެއެވެ. އަދި ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ ތުއްފާހު ސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ ރިހާއިޝީ އިމާރާތްތަކެއް އިޒްރޭލު ސިފައިން ވަނީ ވައްޓާލާފައެވެ.

ޝިފާ ހޮސްޕިޓަލުގައި އިންސާނީ އެހީ ހޯދުމަށް މަޑުކޮށްގެން ތިބެ ޝަހީދުވި 20 މީހުންގެ ޖަނާޒާ ވަނީ ކުރެވިފައެވެ. އިޒްރޭލު ސިފައިންގެ ފަރާތުން ބުނެފައިވަނީ ހާން ޔޫނިސް އަދި ޣައްޒާ ސިޓީގައި ހިންގާ ހަނގުރާމައިގެ ޢަމަލިއްޔާތުތައް އިތުރަށް ފުޅާކުރަމުންދާ ކަމަށެވެ.

ޓެގް

އިޒްރާއިލް ޣައްޒާ ފަލަސްޠީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.