ދިއިސްލާމް އިސްލާމީ ދުނިޔޭގެ މަޝްހޫރު ޤާރީ ޝައިހް ނޫރީން މުޙައްމަދު ނިޔާވެއްޖެ

އިސްލާމީ ދުނިޔޭގެ މަޝްހޫރު ޤާރީ ޝައިހް ނޫރީން މުޙައްމަދު ނިޔާވެއްޖެ

Shaikh Nooreen Muhammadh Siddiqi Rahmahuhllah

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މި ނޮވެމްބަރ މަހުގެ 6ވަނަ ދުވަހު، އިސްލާމީ ދުނިޔެއަށް މަޝްހޫރު ސޫދާނުގެ ޤާރީ އައްޝައިޙް ނޫރީން މުޙައްމަދު ޞިއްދީޤް ނިޔާވެއްޖެއެވެ.

ސޫދާންގެ ކެޕިޓަލް ސިޓީ ޚަރްޠޫމް ގެ ގިނަ މިސްކިތްތަކެއްގެ އިމާމް ކަން ކުރައްވައިފައިވާ ޝައިޙް ނޫރީން ނިޔާވީ ދިމާވި ކާރު އެކްސިޑެންޓެއްގައެވެ.

ޝައިޙް ނޫރީން ދުނިޔެ ދެކެވަޑައިގަތީ 1982ވަނަ އަހަރު ނޯތް ކޮރްދޮފާން ސްޓޭޓްގެ އުއްމު ދާމް ލޯކަލިޓީގައެވެ. އަދި ތަރުބިއްޔަތު ވެ ވަޑައިގެން ބޮޑުފުޅުވީ ދީނާއި އަހުލުވެރި ބައެއްގެ ގޭގައެވެ. ޝައިޙް ނޫރީން ޤުރުއާން ހިތުދަސް ކޮށް ނިންމަވައިލެއްވީ ޢުމުރުފުޅުން 17އަހަރުގައެވެ. އަދި ހަފްސް ރިވާޔަތާއި އަލް ދަވްރީ ރިވާޔަތް ދެނެލައްވައެވެ. ޝައިހް ނޫރީން ގްރެޖުއޭޓް ވެ ވަޑައިގެންފައިވަނީ އިސްލާމިކް ހޮލީ ޤުރުއާން ޔުނިވަރސިޓީއިންނެވެ.

ސޫދާން ތަމްސީލް ކުރުމުގެ ގޮތުން ގިނަ ޢަދަދެއްގެ ބައިނަލް އަޤްވާމީ ޤުރުއާން މުބާރާތް ތަކެއްގައި ޝައިޙް ބައިވެރިވެލައްވައިފައިވެއެވެ. އެގޮތުން މެލޭޝިއާ އަދި ދުބާއީގައި ބޭއްވުނު ބައިނަލް އަޤްވާމީ މުބާރާތް ހިމެނެއެވެ. އަދި 2005ވަނަ އަހަރު ސަޢުދީ ޢަރަބިއްޔާގައި ބޭއްވުނު ކިންގް ޢަބްދުލް ޢަޒީޒް މުބާރާތުގައި ސޫދާން ތަމްސީލް ކުރައްވައި 2ވަނަ ޙާސިލް ކުރައްވައިފައިވެއެވެ. އަދި ލީބިޔާގައި 2006ވަނަ އަހަރު ބޭއްވުނު މުބާރާތުގައި ބައިވެރިވެ ވަޑައިގެން 66ޤައުމުގެ ޤާރީވެރިންނާއި ވާދަ ކުރައްވައި ދެވަނަ ޙާސިލް ކުރެއްވެވިއެވެ.

މާތްﷲ އައްޝައިހް ނޫރީން މުޙައްމަދު އައްސިއްދީޤްއަށް ރަޙްމަތް ލައްވާށިއެވެ.

ޓެގް

ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.