އަޒަރުބައިޖާނާއި އަރްމޭނިއާއި ދެމެދު ހަނގުރާމަ ފަށައިފިއެވެ.
މިދެޤައުމުގެ ދެމެދުގައި ހަނގުރާމަ ފަށައިފައިވަނީ އާދީއްތަ ދުވަހުއެވެ. މިހަނގުރާމައަކީ ދެޤައުމުގެ ދެމެދުގައި އުފެދިފައި އޮތް ޒަމާންވީ ހަމަނުޖެހުންތަކާއި ގުޅިގެން ހިނގާ ހަނގުރާމައެކެވެ. އެދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ހަމަނުޖެހުމުގެ ސަބަބަކީ އެދެޤައުމުގެ ދެމެދުގައިވާ ސަރަހައްދެވެ. ފަރުބަދައާއި ޖަންގަލީގެ ސަރަހައްދު ބޮޑު މިބިމާއި މެދު އެދެޤައުމުގެ ދެމެދުގައި ހަމަނުޖެހުން އުފެދިފައި ވާއިރު ބައިނަލް އަޤްވާމީ ޤާނޫނުތަށް ބުނާ ގޮތުން ނަގޯރނޯ ކަރަބަކް ސަރަހައްދު ނިސްބަތްވަނީ އަޒަރުބައިޖާނަށެވެ.
އެސަރަހައްދު އަޒަރުބައިޖާނަށް ނިސްބަތްވީ ނަމަވެސް އެތަނުގައި ދިރިއުޅޭ އާބާދީގެ ބޮޑުބައެއް ހިއްސާ ކުރާ އެތްނިކް އަރުމޭނިއަނުން އަޒަރުބައިޖާނުގެ ވެރިކަމާއި ދެކެޅުހަދައި އެބައިމިހުން ދިރިއުޅެނީ އެބައިމީހުންގެ އަމިއްލަ ގޮތްތަކަށެވެ. އަދި މިކަމަށް އަރްމޭނިއާއިން އެބައިމީހުނަށް ވާގިވެރިވެއެވެ. އަދި އެސަރަހައްދުގައި ތިބި އަޒަރުބައިޖާނުގެ ސިފައިން 1990ގައި ކުރެވުނު ހަނގުރާމައިގައި ވަނީ އެސަރަހައްދުން ބާލައިފައެވެ.
އާދީއްތަ ދުވަހު ބަދަލު ކުރެވުނު ހަމަލާ ތަކުގެ ސަބަބުން އަނެއްކާވެސް ނުރައްކާތެރި ހަނގުރާމައެއްގެ ރަނގަބީލު މިވަނީ ޖެހިފައެވެ.
ރަޝިޔާގެ އެމްޕަޔަރ ގެ ދަށުން މިދެޤައުމު މިނިވަން ވީ 1918ގައެވެ. އެހާހިސާބުން ފެށިގެން މިދެޤައުމުގެ ދެމެދުގައި މިހަމަނުޖެހުންތަށް ދަނީ ކުރިއަށެވެ.
2016ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައިވެސް ދެޤައުމުގެ ދެމެދުގައި ނަގޯރނޯ ކަރްބަކާއި ގުޅިގެން ކުރެވުނު ހަނގުރާމައިގައި އެތަށްބަޔަކު ދުނިޔެއިން ވަކިވެފައިވެއެވެ.
އާދީއްތަ ދުވަހު ބަދަލުކުރެވުނު ހަމަލާތަކުގައިވަނީ ޢާންމުން ހިމެނޭގޮތަށް އެތަށް ބަޔަކު ވަނީ ޒަހަމްވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...