އަރަބިދުނިޔެދުނިޔެ

އިސްރާއީލުގެ ސިފައިންގެ މީހަކު، ފަލަސްޠީނުގެ ޢުމުރުން ދުވަސްވީ މުސްކުޅިއެއްގެ ގައިމަތީ ކަކޫޖެހި ވީޑިޔޯއެއް ޢާއްމުވެއްޖެ

Israelge Sifainge Myhaku falastheenuge Umurun DHuvasvy Muskulhiehge Karumathy Kakoo Jehi Video eh Aammu Vehje

އިސްރާއީލުގެ ސިފައިންގެ މީހަކު، ފަލަސްޠީނުގެ ޢުމުރުން ދުވަސްވީ މުސްކުޅިއެއްގެ ގައިމަތީ ކަކޫޖެހި ވީޑިޔޯއެއް ޢާއްމުވެއްޖެއެވެ.

ގިނަ ނޫސްތަކުގައި، އަދި މީސްމީޑިޔާގައި ދައުރުވަމުންދާ މިވީޑިޔޯއަކީ މިމަހުގެ ކުރީކޮޅު ހުޅަނގު އައްސޭރީގައި ހިނގައިދިޔަ މުޒާހަރާތަކެއްގެ ތެރެއިން ނެގިފައިވާ ވީޑިޔޯއެކެވެ. މިވީޑިޔޯއިން ވަރަށް ސާފުކޯށް ފެންނަނީ ފަލަސްޠީނުގެ މުވާޠިނެއްކަމުގައިވާ ޢުމުރުން 65 އަހަރުގެ ޚައިރީ ހަނޫނުގެ ކަރުގައި އިސްރާއީލުގެ ސިފައިންގެ މީހަކު ކަކޫޖަހާ އޭނާ ހައްޔަރުކުރުމަށް މަސައްކަތް ކުރާ މަންޒަރެވެ.

މިސެޕްޓޭމްބަރު މަހުގެ ކުރީކޮޅު އޮތް މުޒާހަރާތަކަކީ އިސްރާއީލުން، ފަލަސްޠީނަށް ނިސްބަތްވާ 800 ދުނުމުގެ (0.8 ކިލޯމީޓަރުގެ) ބިމެއް އަތުލައިގަނެ، އެތަނުގައި އިންޑަސްޓްރިއަލް ޕާކެއް އެޅުމަށް ރޭވުމާއި ގުޅިގެން ކުރެވޭ މުޒާހަރާތަކެކެވެ. މިބިމުގެ ސަރަޙައްދުގެ ސަބަބުން، މިބިން އަތުލެވިއްޖެނެމަ، ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ރަށްފުށުގެ އުތުރު ސަރަޙައްދުގައިވާ އެތައް ރަށްތަކަކަށް އޭގެ ނޭދެވޭ އަޘަރު ކުރާނެއެވެ.

ފަލަސްޠީނުގެ ރައްޔިތުން ޚަބަރުދޭ ގޮތުގައި މިމުޒާހަރާތައް ރޫޅާލުމަށް އިސްރާއީލު ސިފައިންވަނީ އެބައިމީހުންނާއި ދިމާއަށް ކަރުނަ ގޭހާއި ލައިވް ވަޒަން ހުރި ބަޑިޖަހާފައެވެ. އިސްރާއީލުގެ ސިފައިންވަނީ މިސަރަޙައްދުގައި މަސައްކަތް ކުރަމުންދިޔަ ނޫސްވެރިންނަށްވެސް ހަމާލާދީ، މުޒާހަރާތަކާއި، މުޒާހަރާކުރި މީހުންނަށް ކުރެވޭ އަނިޔާ ވީޑިޔޯކުރުން މަނާކޮށްފައެވެ.

"އިސްތިޢުމާރީން އަހަރެންގެ މުސްކުޅި ޢުމުރަކަށް ނުބަލާ، އޭނާގެ ގައިގައި ހުރި ބާރެއް ލާ، އަހަރެންގެ ކަރު މައްޗަށް ފައިން އެރުވީ. އިސްރާއީލު ސިފައިން އަހަރެންގެ ގައިގައި ބާރަށް ޖެހީ، އެއަށްފަހު އެއިން އެކަކު އަހަރެންގެ ކަރުގައި ކަކޫ ޖަހާ މިނެޓުތަކެއް ވަންދެން ހުރި. ކަރަށް އިތުރު ޕްރެޝާރއެއް ނުކުރުމަށްޓަކައި އަހަރެން އޮތީ މަޑުން، އެހެނަސް އަހަރެންގެ ވަށައިގެން ތިބި މީހުން އަހަރެން ނެރުނީ."

މިޙާދިޘާއާއި ވިދިގެން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި މުސްލިމުންދަނީ މިޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމުންނެވެ. މިގޮތުން އަލްއަޒްހަރުއް ޝަރީފުގެ ރަސްމީ ޞަފްޙާގައި މިޙާދިޘާއާއި ވިދިގެން ނެރުނު ރަސްމީ ބަޔާނުގައި ވެއެވެ.

"މިއަންގާރަ ދުވަހު، އިސްތިޢުމާރު ކުރެވިފައިވާ ހުޅަނގު އައްސޭރީގެ އުތުރުގައިވާ ޖައްބާރާއާއި ޝޫފާގެ ބިން އަތުލައިގަތުމަށް ކުރެވެމުންދާ މަސައްކަތާއި އިދިކޮޅަށް ކުރެވުނު މުޒާހަރާތަކުގައި، ފަލަސްޠީނުގެ ޢުމުރުން ދުވަސްވީ ބޭފުޅަކަށް ޞިހްޔޫނީންގެ ސިފައިން ހިންގި ވަޙުޝީ ޙަމަލާ އަލްއަޒްހަރުން ކުށްވެރިކުރަމުއެވެ...  އަދި އަލްއަޒްހަރުވަނީ، ނުބައިވެގެންވާ، އިންސާނީ ޙުރުމަތެއް، އިންސާނީ ޙައްޤެއް ނުދަންނަ އިސްތިޢުމާރީންނާއި އިދިކޮޅަށް، އޭނާގެ ޤައުމުގެ (ފަލަސްޠީނުގެ) ދިދަ ހިފަހައްޓައިގެން، އޭނާގެ ޤައުމުގެ (ފަލަސްޠީނުގެ) ޙިމާޔަތުގައި ނިކުތް ބަޠަލާއިއެކުގައި ކަމަށް އަންގަމެވެ. އަދި އަލްއަޒްހަރުން، ޞިހްޔޫނީންގެ އިސްތިޢުމާރުތަކުން ފަލަސްޠީނުގެ ރައްޔިތުންނާއިމެދު ގެންގުޅޭ ސިޔާސަތުތަކާއި އިދިކޮޅުކަން އިތުރަށް ޘާބިތު ކޮށްދެމެވެ. އަދި ބައިނަލްއަޤްވާމީ އެންމެހާ ބާރުތަކުން، ތަކުރާރު ވަމުންދާ މިފަދަ ޙަމަލާތަކާއި އިދިކޮޅަށް ތެދުވުމަށާއި، މިފަދަ ޙަމަލާތަކުގެ ކުރިމަތީގައި ޘާބިތުވެ ތިބޭ ފަލަސްޠީނުގެ ރައްޔިތުންނާއި އެކުވުމަށް ގޮވާލަމެވެ."

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *