އަރަބިދުނިޔެދުނިޔެ

އިސްރާއީލުން ފަލަސްޠީނުގައި ހުރި ކޮރޯނާ ވައިރަސަށް ޓެސްޓު ކުރާ މަރުކަޒެއް ބިމާ ހަމަކޮށްލައިފި

Israelun Falastheenuge Covid 19 ah Test Kura Markazeh Bimaa Hama Koffi

އިސްރާއީލުން ފަލަސްޠީނުގައި ހުރި ކޮރޯނާ ވައިރަސަށް ޓެސްޓު ކުރާ މަރުކަަޒެއް ބިމާ ހަމަކޮށްލައިފިއެވެ.

ޢަރަބި ދުނިޔޭގެ ޚަބަރުތައް ފަތުރާ ނޫސް އޭޖެންސީއެއް ކަމަށްވާ މިޑްލް އީސްޓް މޮނިޓަރިން މިދިޔަ ޖުލައި މަހު ވިދާޅުވެފައިވާ ގޮތުގައި، އިސްރާއީލު ސަރުކާރުން ބިމާ ހަމަކޮށްލާފައިވަނީ އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ދެކުނަށް އޮންނަ އަލްޚަލީލް (ނުވަތަ ހެބްރޯން)ގައި ހުންނަ ޑްރައިވް ތުރޫ (ކާރުން އައިސް، ނުފައިބާ ކޮރޯނާއަށް ޓެސްޓު ކުރެވޭ) ގޮތަށް ހަދާފައިވާ މަރުކަޒެކެވެ.

މިދިޔަ މާރޗް މަހު ތަންފީޛު ކުރެވުނު ހަރުކަށި ފުރަބަންދުގެ ޤަވާޢިދުތަކާއި އެކު އަލްޚަލީލުގައި ކޮރޯނާ ވައިރަސް ޖެހެމުންދާ މިންވަރު މަދު ކުރެވުނު ކަމުގައިވިޔަސް، މިމަރުކަޒު ހަލާކުކޮށްލި އިރު، ފަލަސްޠީނަށް ވަނީ ދެވަނަ ރާޅެއްގެ އަސަރު ކުރަން ފަށައިފިައެވެ.

މިމަރުކަޒަކީ، މިދިޔަ އޭޕްރިލް ހިސާބުގައި، އެރަށުގެ މުނިސިޕަލްޓީއިން، ފަލަސްޠީނުގެ ރައްޔިތުންނަށް، މަރުކަޒެއް ޤާއިމުކުރުމަށް ފަންޑު ހޯދުމަށް ގޮވާލުމުން، އެރަށުގެ އިންޖިނިޔަރެއް ކަމަށްވާ ރާއިދު މިސްވަދާގެ ޢާއިލާއިން ކޯވިޑް 10 ގެ ކްލިނިކެއް ހެދުމަށް ހަދިޔާކުރި ބިމުގައި ހުރި މަރުކަޒެކެވެ. މިސްވަދާ ވިދާޅުވާ ގޮތުގައި މިގޮތަށް ޢަމަލުކޮށްފައިވަނީ ކޮރޯނާ ވައިރަހުގައި އަވަހާރަވީ އޭނާގެ ކާފައިގެ ހަނދާނުގައެވެ. އަދި މިމަޝްރޫޢު ފުރިހަމަ ކުރުމަށް އޭނާގެ ޢާއިލާގެ އަތުން 250000 ޑޮލަރު ޚަރަދު ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

މިމަރުކަޒު ޤާއިމު ކުރެވިފައިވަނީ ހުޅަނގު އައްސޭރީގެ އޭރިޔާ C ގައެވެ. މިސަރަޙައްދަކީ އެކުއެކީ އިސްރާއީލުގެ ބާރުގެ ދަށުގައިވާ ސަރަޙާއްދެކެވެ. އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ފަލަސްޠިނުގެ ރައްޔިތުންނަށް މިސަރަޙައްދުގައި އެއްވެސް ތަނެއް ޤާއިމު ކުރުމަށް ޢާއްމު ގޮތެއްގައި ހުއްދައެއް ނުދެއެވެ. އެހެނަސް އިސްރާއީލުގެ ރައްޔިތުންނަށް އެކަން ކުރުމަށް އެއްވެސް ދައްޗަކާއި ކުރިމައްޗެއް ނުވެއެވެ.

މިސްވަދާ ވިދާޅުވާ ގޮތުގައި އެމަރުކަޒު ހިންގިފައިވަނީ ހުއްދައާއި ނުލައި ކަމުގައިވިޔަސް، އޭނާ ބައްލަވާފައިވަނީ ކޯވިޑް 19 ގެ ދުވަސްވަރު އިސްތިސްނާއެއް ލިބިދާނެކަމުގެ އުއްމީދުގައެވެ. އެއީ އެޢިމާރާތް އެޅިފައިވަނީވެސް ހޮސްޕިޓަލުތަކުގައި ބައިބޯވަމުންދާތީ އެކަމަށް ލުޔެއް ހޯދުމުގެ ގޮތުންނެވެ. މީގެ އިތުރުން އޭނާ ވިދާޅުވި ގޮތުގައި 2 މަސް ވަންދެން ޢިމާރާތުގެ ކޮންސްޓަރްކްޝަން މަސައްކަތް ކުރިއިރު، އެސަރަޙައްދުގައި ފޯރި މަރަމުންދިޔަ އެއްވެސް އިސްރާއީލުގެ ސިފައިންގެ މީހަކު އެކަމަށް އެއްވެސް އެއްޗެކޭ ބުނެފައި ނުވާކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.

އެހެނަސް 12 ޖުލައި ވަނަ ދުވަހު އިސްރާއީލުގެ ކޮމާންޑަރެއް އައިސް އެބިލްޑިންގްގެ މަސައްކަތް ހުއްޓާލުމަށް އަމުރުކުރިއެވެ. އަދި އޭގެ މާގިނަ ދުވަހެއް ނުވެ، އެއިމާރާތް ބިމާ ހަމަކޮށްލިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *