ދުނިޔެ ލުބްނާނުގައި ކުރެވޭ މުޒާހަރާތައް؛ ބާރުގަދަ ގޮވުމުގެ ޒިއްމާ އުފުލަން ޖެހޭނީ ސަރުކާރުން

ލުބްނާނުގައި ކުރެވޭ މުޒާހަރާތައް؛ ބާރުގަދަ ގޮވުމުގެ ޒިއްމާ އުފުލަން ޖެހޭނީ ސަރުކާރުން

Lebanon ga Kurevey Muzahara thah; Baarugadha Govumuge Zimma Ufulan Jeheyny Sarukaarun

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބައިރޫތުގެ ބަނދަރުގައި ގޮވި ބާރުގަދަ ގޮވުމުގެ ޒިއްމާ އުފުލަން ޖެހޭނީ ސަރުކާރުންކަމަށް ބުނެ ލުބްނާނުގައި މުޒާހަރާ ކުރެވެމުން އެބަދެއެވެ.

މި އޮގަސްޓު މަހުގެ 4 ވަނަ ދުވަހުގައި ހިނގި ބައިރޫތުގެ ބާރުގަދަ ގޮވުމުގައި 158 މީހުން މަރުގެ، 6000 އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ. މިކަމާއި ވިދިގެން މިހާޜު ކުރެވެމުންދާ މިދާ މުޒާހަރާތަކުގެ ތެރޭގައި މިހާތަނަށް ވަނީ ސަރުކާރުގެ ޢިމާރާތްތަކަށް ޢާއްމުން ވަދެ އެ ތަންތަން ހިޞާރުކޮށްފައެވެ.

ބަނދަރުގެ ގޮވުމުގެ ޙަދިޘާ ހިނގާފައިވަނީ ސަރުކާރު ފެއިލު ވެއްޖެ ކަމަށްބުނެ ރައްޔިތުން މުޒާހަރާތައް ކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ. މިގޮތުން މިހާރު ކުރެވެމުން މިދާ މުޒާހަރާތަކުގައި ރައްޔިތުންވަނީ ސަރުކާރުގެ އިދާރާތަކަށް ވަދެ އެތަންތަނަށްވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މީގެ އިތުރުން ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލާ، ބައިރޫތުގައި ޙާދިޘާގެ ޒިންމާ ސަރުކާރުން އުފުލަން ޖެހޭނެކަމަށާއި، އަދި އެކަމުގެ ޙައްޤު އަދަބު ސަރުކާރުގެ އިސްވެރިންނަށް ލިބެން ޖެހޭކަމަށްވެސް މިމުޒާހަރާގެ ބައިވެރިންވަނީ ގޮވާލާފައެވެ.

ބައިރޫތުގެ އެކި ސަރަޙައްދުތަކަށް އެތައް ހާސް ބަޔަކު އެއްވެ، ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ފުލުހުންނާއި ދިމާއަށް ރައްޔިތުންވަނީ ބަޑިބޭހާއި ގައު އުކާފައިވެއެވެ. މީގެ ރައްދު ހަމަލާއެއްގެ ގޮތުން ބައިރޫތުގެ ދިފާޢީ ބާރުތަކުންވަނީ ރަބަރު ވަޒަނާއި ކަރުނަ ގޭސް ފަދަ ތަކެތި ބޭނުންކޮށްފައެވެ. މި ކުރިމަތިލުން ތަކުގައި ފުލުހުންގެ ތެރެއިން އެކަކު މަރުވެ ޢާންމުންގެ 200 މީހުންވަނީ ޒަޚަމުވެފައެވެ. ބައެއް ސަރަޙައްދުތަކުގައި އަލިފާނުގެ ޙާދިޘާތައްވެސް ވަނީ ހިނގައިފައެވެ.

ބައިރޫތުގެ ރައްޔިތުން ބުނާ ގޮތުގައި އެ ހާދިޘާ މެދުވެރިވީ ކަމާބެހޭ އިދާރާތްތަކުގެ އިހުމާލުންކަމަށް އިބްތިދާއީ ތަހުޤީގުތަކުންވަނީ ޘާބިތުވެފައެވެ.

ޓެގް

ލުބްނާން ބައިރޫތު ބައިރޫތުގެ ބާރުގަދަ ގޮވުން ދިއިސްލާމް މުޒާހަރާ އަރަބި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.