އަރަބިދުނިޔެދުނިޔެ

ހެޔޮ ޢަމަލުތަކާއި ދުޢާ ކުރުމުން ޢީދު ދުވަސް އިޙްޔާ ކުރުމަށް ޝައިޚުލް އަޒްހަރު ގޮވާލައްވައިފި

Heyo Amalaai Dhua Kurumun Eid Dhuvas Ihya Kurumah Sheikhul Azhar Govaalavvaifi

ހެޔޮ ޢަމަލާއި ދުޢާ ކުރުމުން މިޢީދު ދުވަސް އިޙްޔާ ކުރުމަށް ޝައިޚުލް އަޒްހަރު، ފަޟީލަތުއްޝައިޚު އައްދުކްތޫރު އަޙްމަދު ޠައްޔިބު ގޮވާލައްވައިފިއެވެ.

ޝައިޚުލް އަޒްހަރު މިހެން ވިދާޅުވެފައިވަނީ މުޅި އިސްލާމީ އުއްމަތަށް ޢީދުގެ ތަހުނިޔާ ފޮނުއްވުމަށް އަލްއަޒްހަރުއް ޝަރީފުގެ ރަސްމީ މީސްމީޑީޔާ ޞަފްޙާތަކުގައި ޢާއްމު ކުރައްވާފައިވާ ބަޔާނެއްގައެވެ.

މީގެ އިތުރުން ޝައިޚުލް އަޒްހަރުވަނީ މީސްތަކުންގެ ގެތަކަށް އުފާވެރިކަމުގެ ވެއްދުމަށާއި، އަދި ޚާއްޞަކޮށް މުޅި ދުނިޔެއަށް ކޮރޯނާގެ ޢާލަމީ ވަބާގެ ތެރޭގައި ފަޤީރުންނާއި، މުހުތާދު ޖެހިފައިވާ މީހުންނަށާއި، ބަލި މީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށްވެސް ބާރު އަޅުއްވާފައިވެއެވެ. އަދި ހަމަ އެފަދައިން އަޟްޙާ ޢީދުގެ ޛިކުރާ ދެމިގެންދާނީ ﷲ ތަޢާލާއަށް ކިޔަމަންވެ ޤުރުބާންވުމުގެ ރަމްޒެއްގެ ގޮތުގައި ކަމަށްވެސް މިބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ.

ޝައިޚުގެ ބަޔާން ނިންމަވާލައްވަމުން، މިއުއްމަތުގެ އިސްތިޤްރާރާއި، އަމާންކަން ނަގާލުމަށް މަސައްކަތް ކުރަމުންދާ މީހުންނަށް ފުރުޞަތު ނުދިނުމުގެ ގޮތުން އިސްލާމީ ޢަރަބި އުއްމަތަށް ގޮވާލައްވާފައިވަނީ އެއްބައިވަންތަކަމާއި، މަޙައްބަތާއި، ސަލާމުގެ މާނަ ދެނެގަނެ، ދެކޮޅުވެރިކަމާއި، ބައިބައިވުމުގެ ސަބަބުތަކާއި ދުރުހެލިވުމަށް ގޮވާލައްވާފައިވެއެވެ.

ޝައިޚުލް އަޒްހަރު މިބަޔާން ނިންމަވާލައްވާފައިވަނީ މާތް ﷲ މުޅި ޢާލަމަށް އަމަން އަމާންކަމާއި، ސަލާމަތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރައްވަމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *