މުޅި ދުނިޔެ ކޯވިޑް 19 އާއި، އެކަމުގެ ލޮކްޑައުންގައި މަޝްޣޫލުވީ ހިނދު، އިސްރާއީލުގެ އިޙްތިލާލީ ބާރުތަކުން، ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި ޤަބުރުސްތާނެއް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފަލަސްޠީނުގެ އިންފޮމޭޝަން ސެންޓަރުން މަޢުލޫމާތު ދެއްވައިފިއެވެ.
މިޤަބުރުސްތާނު އެޅުމަށް ހަމަޖެހިފައިވަނީ ފަލަސްޠީނުގެ ޢައްޒޫން ޢަތަމާއޭ ކިޔޭ ސަރަޙައްދުގައެވެ. ފަލަސްޠިނުގެ ބާޙިޘެއްކަމަށްވާ ޢަބްދުލް ކަރީމް އައްޔޫބު ވިދާޅުވި ގޮތުގައި މިޤަބުރުސްތާނު އެޅިއްޖެނަމަ ވާނީ އިސްރާއީލުގެ އިޙްތިލާލީ ބާރުތަކަށް އެޅޭނެ އެއްމެ ބޮޑު ޤަބުރުސްތާނެވެ. މުޅިން އެކުވެސް ފަލަސްޠީނުގެ ދަށުގައިވާ ބިންތަކުގައި އެޅޭ މިޤަބުރުސްތާނުގައި 30000 މީހުން ވަޅުލެވޭނެ ޖާގަ އޮންނާނޭކަމަށް ބެލެވެއެވެ.
އައްޔޫބު ވިދާޅުވާ ގޮތުގައި މިޤަބުރުސްތާނު އެޅުމަށް، ފަލަސްޠީނުގެ އަހުލުވެރިންގެ މިލްކުގައުވާ 35 އޭކަރުގެ ބިން އަތުލެވޭނެއެވެ. އޭގެ ތެރޭގައި ޢައްޒޫން ޢަތަމާގެ ރައްޔިތުންގެ އިތުރަށް، އައްޒާވިޔާ، އަދި އަލްމަސްޙާގެ ރައްޔިތުންގެ ބިން ހިމެނެއެވެ. މިބިންތަކަކީ ފަލަސްޠިނުގެ ރައްޔިތުން ހައްދާފައިވާ ޒައިތޫނި އަދި އާމަންޑު ދަނޑުތަކެއްވާ ބިންތަކެކެވެ.
"މުޅި ދުނިޔެ ކޮރޯނާ ވައިރަހުގެ ޢާލަމީ ވަބާއަށް ސަމާލުކަން ދީފައިވަނިކޮށް އިސްރާއީލުން މިދަނީ އެއްވެސް ހުރަހަކާއި ނުލާ، ފަލަސްޠީނުގެ އިސްތިޢުމާރު ކުރެވިފައިވާ މިބިމުގައި ޔަހޫދިއްޔަތު ފަތުރަމުން." ޢަބްދުލް ކަރީމް އައްޔޫބު ވިދާޅުވެފައިވެއެވެ.
ލޮކްޑައުނުގައި ދުނިޔެ މަޝްޣޫލުވީ ހިނދު ހުޅަނގު އައްސޭރީގެ ފަލަސްޠީނުގެ އަމިއްލަ ބިންތައް އަތުލުމަށްފަހު އިސްރާއީލުން ޤަބުރުސްތާނެއް އަަޅަނީ
ކޮމެންޓް (0)
ލޯޑް ކުރަމުން...