އަރަބިދުނިޔެދުނިޔެ

އިސްރާއީލުން އެއްމެ ފުރަތަމަވެސް ބޭނުންކުރަނީ ނުރައްކާތެރި ހަތިޔާރު: އދ

Israelun Ehme Furathamaves Beynun Kurany Nurakkatheri Hathiyaru: UN
Photo Credits: PSM News

އިސްރާއީލުން ފަލަސްޠިނުގެ ރައްޔިތުންނާއި އިދިކޮޅަށް އެއްމެ ފުރަތަމަވެސް ބޭނުންކުރަނީ ނުރައްކާތެރި ހަތިޔާރުކަމަށް އދ އިން ބުނެފިއެވެ.

އދ ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ބައިން ނެރެފައިވާ ރިޕޯޓުގައި، އިސްރާއީލު ފުލުހުން މިދިޔަ މަހު އަލްޤުދުސްގެ އިރުމަތީ ސަރަޙައްދުގައި އަވަހާރަކޮށްލާފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ ޒުވާނާ، ޢުމުރުން 34 އަހަރުގެ އިޔާދު ހައްލާޤުގެ މަރުވަނީ ކުށްވެރިކުރެއެވެ.

ޔޫއެންގެ އިންސާނީ ޙައްޤުތަކާއިބެހޭ ހައި ކޮމިޝަނުން އިޔާދުގެ މަރު ޞިފަކޮށްފައިވަނީ "އިސްރާއީލުގެ ސަލާމަތީ ބާޜުތަކުން ޣައްޒާއި އިރުމަތީ އައްސޭރީގެ ފަލަސްޠީނުގެ ރައްޔިތުންނާއި އިދިކޮޅަށް ޢާއްމުކޮށް ބޭނުންކުރާ ނުރައްކާތެރި ހަތިޔާރުގެ އިތުރު ކޭސެއްގެ" ގޮތުގައެވެ.

"ސަލާމަތީ ބާރުތަކުން، އެބައިމީހުން ކުރިއަށް ގެންދާ ޕޮލިސިންގގެ އޮޕަރޭޝަންތަކުގައި ވީހާވެސް މަދުން ނުރައްކާތެރި (ފުރާނައަށް ގެއްލުންވާ) ހަތިޔާރު ބޭނުން ކުރަންޖެހޭ. އިޔާދުގެ ޙާދިޘާގައި ނުރައްކާތެރި ނޫން ހަތިޔާރު ބޭޏުންކުރިނަމަ އޭނާގެ ފުރާނަ ސަލާމަތްވިސް." އދ ގެ ބަޔާނުގައިވެއެވެ. "ނުރައްކާތެރި ހަތިޔާރު ބޭނުން ކުރުމަކީ އެއްމެ ފަހުގެ ގޮތް ކަމުގައި ނުހަދާ، އެއްމެ ފުރަތަމަ މިޞްރާބުޖެހޭ ގޮތަށް ހަދައިފިނަމަ، އޮޅިގެންވެސް، އަދި އެނޫން ގޮތްގޮތުންވެސް، އިޔާދުފަދަ މީހުން އަވަހާރަކޮށްލުމަށް މަގުފަހުވާނެ."

މީގެ އިތުރުން އދ އިން ވަނީ މިބަޔާނުގައި، އިސްރާއީލުން، މުސްތަޤިއްލު، ވަކި އަތަކަށް ނުޖެހޭ، ދެފުށް ފެންނަ ތަޙްޤީޤެއް މިމައްސަލައިގައި ކޮށްފައިނުވާތީ އެކަމަށްވެސް ފާޑުކިޔާފައެވެ.

އިޔާދުގެ އުޚުތު ވިދާޅުވާ ގޮތުގައި އިޔާދު މަރާލުމުގައި ބައިވެރިވި ފުލުހުންނަށް އެކަމުގެ ޙައްޤު އަދަބު ލިބެން ޖެހޭނެއެވެ. އެހެނަސް އިޔާދަކީ ފަލަސްޠިނުގެ ރައްޔިތަކަށް ވާތީ، އެގޮތަށް އެކަން ހިނގާނެކަމަށް ޤަބޫލު ނުކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

މިއަނިޔާވެރިކަމުގައި ބައިވެރިވެފައިވާ ދެފުލުހުންވެސް މިޙާދިޘާއާއި ގުޅިގެން ދިން ބަޔާން، އެކަތި އަނެކައްޗާއި ތަޢާރުޟުވެއެވެ. މިގޮތުން ކޮމާނޑަރު ބުނާ ގޮތުން ވިއްޔާ އޭނާގެ ދަށަށް ހުރި އޮފިސަރު ގާތު ހަތިޔާޜު ބެހެއްޓުމަށް އެންގިއެވެ. އެހެނަސް ބަޑި ޖެހި އޮފިސަރުވަނީ، ކޮމާންޑަރުގެ ބަސް ތެދުނޫންކަމަށް ބުނެފައެވެ.

އިޔާދު ގާތުގައި ހުރި އެހީތެރިޔާ ވިދާޅުވާ ގޮތުގައި އޭނާ އިސްރާއީލުންގެ ފުލުހުން ގާތު، އިޔާދަކީ ޚާއްޞަ އެހީއަށް ބޭނުންވާ ޒުވާނެއްކަން ވިދާޅުވެފައިވެއެވެ. އެހެނަސް ފުލުހުން އޭނާގެ ވާހަކަ އަޑު ނާހާ އިޔާދުގެ ހަށިކޮޅާއި ދިމާއަށް ބަޑިޖަހަމުން ގެންދިޔައީކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *