ދުނިޔެ ކޯވިޑް 19 އާއި ގުޅިގެން ޕާކިސްތާނުގެ ޑޮކްޓަރެއް މައްކާގައި އަވަހާރަވެއްޖެ

ކޯވިޑް 19 އާއި ގުޅިގެން ޕާކިސްތާނުގެ ޑޮކްޓަރެއް މައްކާގައި އަވަހާރަވެއްޖެ

Covid 19 aai Gulhigen Pakistange Doctoreh Makkahgai Avahaara Vejje

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކޯވިޑް 19 އާއި ގުޅިގެން ޕާކިސްތާނުގެ ޑޮކްޓަރެއް މައްކާގައި އަވަހާރަވެއްޖެއެވެ.

ޑރ ނަޢީމު ޚާލިދު ޗޯދްރީ އަކީ މައްކާގެ އަލްޙިރާ ޖެނެރަލް ހޮސްޕިޓަލްގެ ސްޕެޝަލިސްޓު ސާރޖަނެކެވެ. ޢުމުރުން އެއްމެ 47 އަހަރުގެ ޑރ ނަޢީމަކީ މައްކާގައި އަވަހާރަވެފައިވާ ފުރަތަމަ ބޭރު ޑޮކްޓަރެވެ.

މައްކާގެ ހެލްތު އެފެއާޒް ޑިޕާރޓްމަންޓުގެ ފަރާތުން ޑރ ޗޯދްރީ އަވަހާރަވުމާއި ގުޅިގެން ވިދާޅުވެފައިވަނީ އޭނާ މިޕެންޑެމިކާއި އިދިކޮޅަށް ކުރައްވާފައިވާ ހިތްވަރުގަދަ އަދި ބުރަ މަސައްކަތަކީ ޞިއްޙީ މުވައްޡަފުންނަށްވާ މިސާލެއްކަމަށެވެ.

"ޗޯދްރީއަކީ މައްކާގެ ހެލްތު ޑިޕާރޓްމަންޓުގެ އެއްމެ ރަގަޅު އެއް މެޑިކަލް ޕްރޮފެޝަނަލް. އޭނާއަކީ މިޢާލަމީ ވަބާއާއި އިދިކޮޅަށް ކުރެވޭ މަސައްކަތުގައި އެއްމެ ކުރީ ސަފުގައި ހުންނެވި ބޭފުޅެއް. އަޅުގަނޑުމެން ދެކޭ ގޮތުގައި އެއީ އެއީ ދިފާޢި ސަފުގައި ހުންނެވި ޝަހީދެއް." ހެލްތު އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލް ޑރ ވާއިލް ޙަމްޒާ މުތައިރު ވިދާޅުވެފައިވެއެވެ.

ސާރޖިކަލް ޑިޕާރޓްމަންޓުގައި ޑރ ޗޯދްރީއާއި އެކު މަސައްކަތް ކުރެއްވި އޭނާގެ އެކުވެރިން ވަނީ އޭނާ އަވަހާރަވުމާއި ގުޅިގެން ހިތާމަ ފާޅު ކުރައްވާފައެވެ. އެބޭފުޅުން ޞިފަ ކުރައްވާ ގޮތުގައި އޭނާއަކީ މަޑުމާތްތިރި އަޚްލާޤެއްގެ ވެރިއެކެވެ. މިގޮތުން ޙިރާ ޖެނެރަލް ހޮސްޕިޓަލްގެ ޑިރެކްޓަރ ޖެނެރަލް ވާލިދު އަލްއަމްރީ ވަނީ އޭނާއަށް ރަޙްމަތް ލައްވާ، ފާފަފުއްސަވާ، އޭނާއަށް ސުވަރުގޭގެ ނިޢޫމަތް ދެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ. އަދި އޭނާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށްވެސް ޑރ ވާލިދު ދުޢާ ކުރައްވާފައިވެއެވެ.
ޑރ ޗޯދްރީ އަވަހާރަ ވީއިރު މައްކާގައި ދިރިއުޅުއްވާ އޭނާގެ 3 އަންހެން ބޭފުޅުން ހުރެއެވެ. މިދިޔަ މަހު މައްކާގެ ކިންގ ޢަބްދުލްޢަޒީޒް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ނަރުހެއް ކަމަށްވާ ޚާލިދު ޢަބްދު ﷲ އަލްޙުސައިނީވެސް ވަނީ ކޯވިޑް 19 އާއި ގުޅިގެން އަވަހާރަވެފައެވެ.

ޓެގް

ކޯވިޑް 19 ދިއިސްލާމް މައްކާ އަރަބި ޕާކިސްތާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.