ދުނިޔެ މިޞްރުގެ ޤާރީ އައްޠަބަލާވީ އަވަހާރަވެއްޖެ

މިޞްރުގެ ޤާރީ އައްޠަބަލާވީ އަވަހާރަވެއްޖެ

މިޞްރުގެ ޤާރީ އައްޠަބަލާވީ އަވަހާރަވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިޞްރުގެ މަޝްހޫރު ޤާރީ އައްޝައިޚު މުޙައްމަދު މަޙްމޫދު އައްޠަބަލާވީ އަވަހާރަވެއްޖެއެވެ.

މީގެ އިރުކޮޅެއްކުރިން މިޞްރުގެ ޤާރީވެރީންގެ ޖަމްޢިއްޔާއިންވަނީ ޝައިޚު އަވަހާރަވިކަން ކަށަވަރުކޮށްދެއްވާ ބަޔާނެއް ނެރުއްވާފައެވެ. އޭނާ އަވަހާރަވެފައިވަނީ ދިގުމުއްދަތެއްވަންދެން އާލާސްވެއުޅުއްވުމަށް ފަހުގައެވެ.

އައްޝައިޚު އައްޠަބަލާވީ އުފަންވެފައިވަނީ 1934 ވަނަ އަހަރު ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އޭނާ ޢުމުރުފުޅުން 9 އަހަރުގައި މުޅި ކީރިތި ޤުރްއާން ދަސްކުރައްވާފައިވެއެވެ. އަދި ޢުމުރުފުޅުން 14 އަހަރުގައި ކީރިތި ޤުރްއާން ކިޔެވޭ ޙަފްލާތަކުގައި ކިޔަވާވިދާޅުވުމަށް ދަޢުވަތު އެރުވެން ފެށިއެވެ. އެއަށްފަހު މިޏްރުގެ ވުޒާރަތުލް އައުޤާފުގެ ދަށުން، އަދި ޖާމިޢަތުލް އަޒްހަރުގެ ދަށުން، އަދި އަމިއްލަ ފުޅާށްވެސް ދުނިޔޭގެ އެކިކަންކޮޅުތަކަށް ކީރިތި ޤުރްއާން ކިޔަވާ ވިދާޅުވުމަށާއި، މުބާރާތްތަކުގައި އިންސާފު ކުރެއްވުމަށް ވަޑައިގެންފައިވެއެވެ.

އަލްޤާރީ އައްޝައިޚު އައްޠަބަލާވީ އަވަހާރަވުމާއި ގުޅުގެން މިޞްރުގެ އިސް މުފްތީ އައްދުކްތޫރު ޝައުޤީ ޢައްލާމާއި، ޝައިޚުލް އަޒްހަރު އަހްމަދުވަނީ ހިތާމަ ފާޅު ކުރައްވާ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

ޓެގް

ދިއިސްލާމް ޤުރުއާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.