ދުނިޔެ ރަމަޟާންމަހު ދެހަރަމުގައި ކޮވިޑް19އާއި ގުޅިގެން ހާއްސަ ފިޔަވަޅުތަކެއް އަޅައިފި

ރަމަޟާންމަހު ދެހަރަމުގައި ކޮވިޑް19އާއި ގުޅިގެން ހާއްސަ ފިޔަވަޅުތަކެއް އަޅައިފި

ރަމަޟާންމަހު ދެހަރަމުގައި ކޮވިޑް19އާއި ގުޅިގެން ހާއްސަ ފިޔަވަޅުތަކެއް އަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޮވިޑް19 އާއި ގުޅިގެން ކުރިމަތިވެފައިވާ ހާއްސަ ހާލަތުގައި ރަމަޟާންމަހާއި ދިމާކޮށް ސައުދީ ސަރުކާރުން ދެހަރަމުގައި ހާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

އެގޮތުން ސައުދީ ސަރުކާރުން ބުނެފައިވަނީ މައްކާގައި ހުންނަ މަސްޖިދުލް ހަރާމާއި އަދި މަދީނާގެ މަސްޖިދުއްނަބަވީގައި ކުރެވޭ ތަރާވީޙް ނަމާދާއި ދަމު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެވޭނީ ހަރަމްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަމަށާއި ތަރާވީޙް ނަމާދުގައި ކުރާނީ 10 ރަކުޢަތް ކަމަށެވެ.

މީގެ އިތުރުން ރަމަޟާންމަހުގައި ދެހަރަމްގައި ކުރިއަށް ގެންދާ ރޯދަވީއްލުންތައް މިއަހަރު ކުރިއަށް ނުގެންދާނެ ކަމަށާއި ބަދަލުގައި މައްކާ އަދި މަދީނާގެ ރައްޔިތުންނަށް ހަދިޔާ ވަށިތައް ފޯރުކޮށްދެވޭނެކަން ބުނެފައިވެއެވެ. އަދި ޢުމްރާގެ އަޅުކަން އަދާކުރުން މުއްދަތެއް ނެތްގޮތަށް މެދު ކަނޑާލާފައިވާއިރު މިއަހަރު ރަމަޟާންމަހުގައި ދެހަރަމްގައި އިއުތިކާފަށްތިބުންވެސް ކެންސަލްކޮށްފައިވާ ކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

ޖަނާޒާގައި ބައިވެރިވުމަށް އަންނަމީހުންނާއި ހަރަމްގެ މުވައްޒަފުންވެސް ހަރަމަށް ވެއްދުމަށް ހަމަޖެހިފައިވަނީ ހެލްތް ސްރީންކުރުމަށްފަހުގައެވެ.

ސައުދިއަރަބިޔާގައި މިހާތަނަށް 13930 މީހަކަށް ކޮވިޑް19 ޖެހިފައިވާއިރު 121 މީހަކުވަނީ އެޤައުމުން މިބަލީގައި މަރުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.