ކުރިއަށް އޮތް ރޯދަމަހުގައި ތަރާވީސް ނަމާދު ސަޢުދީގެ މިސްކިތްތަކުގައި ނުކުރާނެ ކަމަށް އެ ޤައުމުގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިއުލާން ކޮށްފިއެވެ. މީގެ ކުރިން އެ ޤައުމުން ވަނީ މިސްކިތްތަކުގައި ފަރުޟު ނަމާދު ކުރުންވެސް ކޮވިޑް19 ނިމެންދެން މަޑުޖައްސާލާފައެވެ.
ސައުދީއިން ބުނެފައިވާ ގޮތުގައި ދުވާލުގެ ފަރުޟު ފަސް ނަމާދު ޖަމާއަތުގައި ކުރުން މެދުކަނޑާލާފައި އޮންނަ އޮތުމާއި އެއްގޮތަށް ތަރާވީހު ނަމާދު މެދުކަނޑާލުން މުހިންމު ކަމަށެވެ. އަދި މިވަގުތު ހުރިހާ މީހުންގެ ވެސް ސަލާމަތާއި ރައްކާތެރިކަަމަށްޓަކައި އެންމެ ރަނގަޅު ގޮތަކީީ ގޭގައި ނަމާދު ކުރުން ކަމުގައި ބުނެފައިވެއެވެ.
"ފަރުޟު ފަސް ނަމާދު މިސްކިތްތަކުގަައި ނުކުރެވުމަކީ ތަރާވިސް ނަމާދު ނުކުރެވުމަށް ވުރެ ބޮޑު ދެރަކަމެއް. އަޅުގަނޑުމެންގެ ދުޢާއަކީ މިސްކިތުގައި ވިއަސް އަދި ގޭގައި ކުރެވުނު ކަމުގައި ވިއަސް ، އަޅުގަނޑުމެން ޤަބޫލު ކުރާ ގޮތުގައި މި ވަގުތަށް އެންމެ ރަނގަޅީ ގޭގައި ކުރުން ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެން ކުރާ ތަރާވީސް ނަމާދު ޤަބޫލު ކުރެއްވުން. އަޅުގަނޑުމެންގެ ދުޢާ އަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ހުރިހާ މުސްލިމުންގެ ދުޢާ ޤަބޫލު ކުރައްވާ މުޅި އިންސާނީ ނަސްލު ދުނިޔެއަށް ދިމާވެފައިވާ ބަލި މަޑު ކަމުން ސަލަމާތް ކުރެއްވުން"
ސަޢުދީގެ އިސްލާމިކް މިނިސްޓަރު ޑރ. ޢަބްދުލް ލަތީފު އަލް ޝެއިޚް ވިދާޅުވި ކަމަށް އަލް ރިޔާދު ނޫހުގައި ޝާޢިއު ކޮށްފައި ވެއެވެެ.
އެ ޤައުމުގެ ސިއްހީ ވުޒާރާއިން ދީފައިވާ ލަފާ އަދި އިރުޝާދުގެ ދަށުން ކަށު ނަމާދު ގައިވެސް ބައިވެރި ވެވޭނީ އާއިލާގެ ފަހެއް ނޫނީ ހަ މެންބަރުންނަށެވެ.
" ގިނަ ތަންތަނަށް މީހުން އެއްވެ އުޅުން މަނާ ކުރުމައި ގުޅިގެން އަޅަން ޖެހުނު ފިޔަވަޅެއް. ސަހަރާ ތަކުގައި ބޭއްވޭ ޖަނާޒާގެ ކަންކަމުގައި އާއިލާގެ ހަ މީހުންނަށް ވުރެ އިތުރު ނުވާނީ އޭރުން. ބާކީ ތިބި މެންބަރުންނަށް ގޭގައިވެސް ކަށު ނަމާދު ކުރެވޭނެ" އަލް ޝެއިޚް ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...