ސްޕެއިންގައި ކޮވިޑް 19 ޖެހިގެން މަރުވި މީހުންގެ އަދަދު 1002 ށް އަރާފައިވާ ކަމަށް އެޤައުމުގެ ސިއްޚީ އިދާރާއިން ހާމަކޮށްފިއެވެ.
ސްޕެއިންގެ ސެންޓަރ ފޮރ ހެލްތް އެލަރޓްސް އެންޑް އެމެޖަންސީގެ ޑިރެކްޓަރ ފެރްނާންޑޯ ސިމަން ހުކުރުދުވަހު ބުނި ގޮތުގައި އެޤައުމުގައި ކޮވިޑް 19 ގައި މަރުވީ މީހުންގެ އަދަދު 1002 ކަށް އަރާފައިވާ ކަމަށާއި އެޤައުމުގައި މިހާތަނަށް 19،980 މީހުންނަށް އެބަލި ޖެހިފައިވާ ކަމަށެވެ.
ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ސްޕެއިން ވެފައިވަނީ އިޓަލީ ނަގާފައި އެންމެ ބާރަށް މިވައިރަސް ފެތުރޭ ޤައުމަށެވެ. އަދި ސްޕެއިން ވެފައިވަނީ މިބަލި ޖެހިގެން 1000 އަށްވުރެ ގިނަ މީހުން މަރުވި 4 ވަނަ ޤައުމަށެވެ. ސްޕެއިންގެ އިތުރުން ކޮވިޑް 19 ޖެހިގެން 1000 އަށްވުރެ ގިނައިން މީހުން މަރުވެފައިވަނީ ޗައިނާ، އީރާން އަދި އިޓަލީއިންނެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ވައިރަސް މިހާތަނަށް 250،000 އަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު މިބަލީގައި 10،000 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އަދި މިބަލި ޖެހުނު 86،000 އަށްވުރެ ގިނަ މީހުންވަނީ ރަނގަޅުވެފައެވެ.
ޚިޔާލު