އަހަރުމެންނަށް އައު މިޞްރެއް ބިނާކުރާކަށް އެމެރިކާގެ ޓޭންކަރުތައް މިތަނުގައި ފުރިހަމަ ޑިމޮކްރަސީއެއް ބިނާކުރުމުގެ ނަމުގައި ގެންނާކަށް ބޭނުމެއް ނޫން. މިޞްރުގެ ޤާނޫނު އަސާސީ އިޞްލާޙު ކުރުމަކީ ކޮންމެހެން ކުރުން މުހިންމުކަމެކެވެ" މިއީ މިޞްރުގެ އިޚްވާނުލް މުސްލިމީންގެ އިސްމެންބަރެއްކަމުގައިވާ ޢިޟާމުލް ޢައިރިޔާން ދާދިފަހުން ވިދާޅުވި ބަސްފުޅެކެވެ.
އާދީއްތަ ދުވަހުގެރޭ މިޞްރުގެ ނޫހަކަށް ދެއްވި އިންޓަރވިއު އެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވިގޮތުގައި، ރިފޯރމުކުރުމަކީ މިޞްރު މީހުން އެދޭފަދަ ޤާނޫނު އަސާސީއެއް އެކުލަވާލުމުގެ ފުރަތަމަ ފިޔަވަޅެވެ. އަދި އެކަމަކީ މިނިވަންކަމާއި ޢަދުލު އިންސާފާއެކުގައި ރިޔާސީ އިންތިޚާބެއް ބޭއްވުމަށްޓަކައި އެންމެ ފުރަތަމަ ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން ހިމެނޭކަމެކެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ފާހަގަ ކުރެއްވިގޮތުގައި، މިޞްރުގައި ފެތުރިގެން ގޮސްފައިވާ އިންޤިލާބީ ހުމަކީ، އެންމެންވެސް އެކަން ބަލައިގަންނަންޖެހޭ އެއްޗެކެވެ. އެކަމަކީ މިޞްރު މިއަދު ދެކެމުންދާ ބަދަލުތައް ގެނެސްދިނުމާއި އެންމެން އެއްގަލަކަށް އެރުވުމުގައި މައިގަނޑު ދައުރެއް އަދާކޮށް ދީފައިވާ ކަމެކެވެ.
އިޚްވާނުލް މުސްލިމީންގެ މިބަސް ވެގެންދިޔައީ އެމެރިކާއަށް ވަރަށް ހިތްދަތިކަމެއްގެނުވި ކަމަކަށެވެ. ސަބަބަކީ އެމެރިކާއިން ބޭނުންވަނީ ދުނިޔޭގެ ހުރިހާ ޤައުމަކަށް އަރައި ހަންފަތުރާހެން މިސްރަށްވެސް އަރާ އަތްގަދަކުރުމެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...