މުސްލިމުންގެ މެދުގައި މަޝްހޫރު އަތްމަތީ ދުޢާ ފޮތް ކަމުގައިވާ "ހިޞްނުލް މުސްލިމް" ގެ މުއައްލިފް ޑރ ސައީދު އަލްޤަޙްތާނީ އަވަހާރަވެއްޖެއެވެ.
ޑރ ސައީދު އަލްޤަޙްތާނީ އަވަހާރަވެފައިވަނީ ރޭގެ ފަތިހުގެ ވަގުތެއްގައެވެ. އަދި ޝައިޚްގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ މިއަދުގެ އަޞްރު ނަމާދަށްފަހު ސައުދީ އަރަބިއާގެ ރިޔާޟްގެ ޖާމިއުއްރާޖިހީގައެވެ.
ޤަހްތާންގެ އަލްއަރީން އަވަށަށް ހިޖުރައިން 1371 ވަނަ އަހަރު އުފަންވެ ވަޑައިގެން ޝައިޚް ޤަހްތާން އަވަހާރަވީއިރު އުމުރުފުޅަކީ 67 އަހަރެވެ. ސައުދީ އަރަބިއާގެ އެކި މިސްކިތްތަކުގައި އިމާމެއްގެ ގޮތުން މަސައްކަތް ކުރެއްވި ޝައިޚް ޤަހްތާންވަނީ 80 ވަރަކަށް ފޮތް ލިޔުއްވާފައެވެ.
ޝައިޚްގެ މުއައްލިފް ކަމުގައި ލިޔުއްވި ދުއާފޮތް "ހިޞްނުލް މުސްލިމް" ވެގެން ގޮސްފައިވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މުސްލިމުން ބޭނުންކުރާ ފޮތަކަށެވެ. ދުނިޔޭގެ 40 ބަހަށް ތަރުޖަމާކޮށްފައިވާ މިފޮތުގެ މޮބައިލް އެޕްލިކޭޝަންތައްވެސް ހުންނައިރު މިފޮތުގައި ދިރިއުޅުމުގެ އެކިކަންކަމާއި ހާލަތްތަކުގައި ކިޔުމަށް ވާރިދުވެފައިވާ ދުޢާތައް ގެނެސްދީފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...