ޑިމޮކްރަޓިކް ހަމަތަކުގެ މަތިން މިޞްރުގައި އިންތިހާބުވި ފުރަތަމަ ރައީސް ޑރ މުޙައްމަދު މުރްސީ ޤައުމުގެ ރައްޔިތުންނާއި އާއިލާއާއި ވަކިން އެކަނިމާއެކަނި ޖަލުގައި ހޭދަކުރައްވާ މިއީ ހަވަނަ ރޯދަމަހެވެ.
ރައީސްކަމުގެ މުސާރައަކަށް 1650 އެމެރިކާ ޑޮލަރާއެކު ވެރިކަމުގެ މަސްއޫލިއްޔަތު ތައް އުފުއްލަވަމުން ގެންދެވި ޑރ މުރްސީވަނީ މިޞްރަށް އިސްލާހީ ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަގުތައް ކޮށްޓަވަން ފަށްޓަވާފައެވެ. އެގޮތުން މިޞްރުގެ ޤާނޫނު އަސާސީއަކީ ޤުރުއާން ކަމާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ އެއީ ރަތް ރޮނގު ކަމަށާއި، އެރޮނގު ހުރަސް ކުރާ ކޮންމެ ފަރާތަކާއި ފާޅުގައިދެކޮޅުވެރިވާނެކަމަށް މުރްސީވަނީ ވިދާޅުވެފައެވެ.
ޑރ މުރްސީ ޖަލަށް ލާފައިވަނީ 2013 ވަނަ އަހަރުގެ ޖުލައިމަހުގެ 3 ވަނަ ދުވަހު އިސްލާމީ އުއްމަތަށް ޣައްދާރުވި ވެރިންތަކަކާއި ޔަހޫދީން އެކުވެ އެޤައުމުގެ އަސްކަރިއްޔާ މެދުވެރިކޮށް ގެނައި ބަޣާވާތަކަށްފަހު އެވެ. އެއަށްފަހު ޑރ މުރްސީ ފޮރުވައިގެން ގެންގުޅުމަށްފަހުގައި ނުހައްގު ދައުވާތަކެއްކޮށް ޖަލަށްލާ ޙުކުމްކުރިއެވެ.
ސިއްޚީ ހާލުކޮޅު ސީރިއަސް
ހިތްޕުޅުން ޤުރުއާން އެއްކޮށް ދަސްކުރައްވާފައިވާ ޑރ މުރްސީ އަކީ ހަކުރުބައްޔާއި މެޔާއި ކިޑްނީގެ ބަލިތައް ކުރިއްސުރެ ފާހަގަކުރެވިފައިވާ ބޭފުޅެކެވެ. ޑރ މުރްސީ ބަންދުކޮށްފައިވާ ޖަލުގެ ހާލަތު ދަށްކަމުން ފުރާނަފުޅަށް ނުރައްކާވެދާނެ ކަމުގެ އިންޒާރުވަނީ މީގެ ކުރިންވެސް ދީފައެވެ. އެގޮތުން ބަންދުގެ ކަންކަން ރިވިއު ކުރުމަށް އެކުލަވާލާފައިވާ މިނިވަން ޕެނަލަކުން އޭޕްރީލްމަހު ނެރުނު ރިޕޯޓަކާއި ހަވާލާދީ އޭފްޕީއިން ބުނެފައިވަނީ އުމުރުފުޅުން 66 އަހަރުގެ މުރްސީ ކޮންމެދުވަހަކު 23 ގަޑިއިރުވަންދެން ޖަލުގައި އެކަހެރިކޮށްފައި ބަހައްޓާކަމަށާއި މިކަމަކީ އ.ދ ގެ މިންގަނޑުތަކުން ބަލާއިރުވެސް އަނިޔާގެ ގޮތުގައި ބެލޭނެ ކަމެއް ކަމަށެވެ.
އާއިލާއިން ބައްދަލުކުރުމުގެ ފުރުޞަތެއްނުދޭ
ޑރ މުރްސީއަކީ މިޞްރުން ހައްޔަރުކޮށްފައިވާ ސިޔާސީ ބޭފުޅުންގެ ތެރެއިން އާއިލާއާއި ބައްދަލުކުރުން މަނާކޮށްފައިވާ ހަމައެކަނި ބޭފުޅާއެވެ. ޖަލުގައި ހައްޔަރުކުރުމަށްފަހު އާއިލާއާއި ބައްދަލުވެފައިވަނީ ހަމައެކަނި 2013 ވަނަ އަހަރުގެ ނޮވެމްބަރ 7 ވަނަ ދުވަހުއެވެ. އޭގެފަހުން ހަތަރު ފަހަރެއްގެ މަތިން މުރްސީގެ ދަރިފުޅު އުސާމާއާއި ކުޑަ ވަގުތުކޮޅަކަށް ބައްދަލުވެފައިވެއެވެ. އަދި އެންމެފަހުން އުސާމާއާއި ބައްދަލުވެފައިވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީމަހުއެވެ.
ކެއިރޯގެ ދެކުނުން އޮންނަ ތޯރާ ޖަލުގައި މުރްސީ ބަންދުކޮށްފައިވާއިރު ދަރިކަލުން އުސާމާވެސް އެޖަލުގައި ހޭދަކުރާ މިއީ ދެވަނަ ރޯދަމަހެވެ.
އަނބިކަނބަލުންނާއި އެހެންވެސް އާއިލާ މެންބަރުން މުރްސީއަށް ޒިޔާރަތްކުރުން 2013 ވަނަ އަހަރުގެ ނޮވެމްބަރމަހުގެ 13 ވަނަ ދުވަހުން މަނާކޮށްފައިވާއިރު އަންނައުނާއި ކާނާގެ ބާވަތްތައް ފޮނުވުންވެސްވަނީ މަނާކޮށްފައެވެ. އާއިލާއިން ޑރ މުރްސީގެ ސިއްޚީ ހާލުކޮޅު ބެލޭނެ ހުރިހާ މަގެއްވެސްވަނީ ބަންދުކޮށްފައެވެ.
ބަންދުގައި ތިބޭ މީހުންނަށް އާއިލާއާއި ބައްދަލުކުރުމަކީ މިޞްރުގެ ޤާނޫނު އަސާސީއިންވެސް ދީފައިވާ ހައްޤަކަށްވީއިރު މުރްސީއާއި ބައްދަލުކުރުމަށް އާއިލާއިން ފޮނުވި އެއްވެސް ސިޓީއަކަށް މިހާތަނަށް މިޞްރުގެ ސަރުކާރުން ޖަވާބު ދީފައެއް ނުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...