އަރަބިދުނިޔެދުނިޔެ

ތުރުކީއާއި ފަލަސްތީން ގުޅިގެން ޣާޒާ ހޮސްޕިޓަލް ހިންގަނީ

ތުރުކީއާއި ފަލަސްތީން ގުޅިގެން ޣާޒާ ހޮސްޕިޓަލް ހިންގުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ބުދަދުވަހު ތުރުކީގެ ވެރިރަށް އަންކާރާގައެވެ. މިއެއްބަސްވުމުގެ ދަށުން ތުރުކީގެ ޓިކާ ކުންފުނިން ޣާޒާގައި އިމާރާތްކުރި ޣާޒާ ފަލަސްތީން ތުރުކީ ފްރެންޑްޝިޕް ހޮސްޕިޓަލް 3 އަހަރުދުވަހަށް ހިންގާނީ ދެޤައުމުގެ ހެލްތް މިނިސްޓްރީ ގުޅިގެންނެވެ. އަދި 3 އަހަރަށްފަހު ހޮސްޕިޓަލްގެ އިދާރީ ހިންގުން ފަލަސްތީނާއި ހަވާލުކުރެވޭނެއެވެ.

ޣާޒާގައި މިފަދަ ހޮސްޕިޓަލެއްގެ ޙިދުމަތް ފެށިގެން ދިއުމަކީ އެތަނުގެ ރައްޔިތުންގެ ގިނަ ބޭނުންތަކެއް ހާސިލްވެގެންދާނެ ކަމެއް ކަމުގައި ތުރުކީގެ ހެލްތް މިނިސްޓަރ އަހުމަދު ޑެމްރިކަން މިރަސްމިއްޔާތުގައި ފާހަގަކުރެއްވިއެވެ.

މިހޮސްޕިޓަލްގެ ޚިދުމަތް ފެށުމާއެކު މިހޮސްޕިޓަލް ވެގެންދާނީ ޣާޒާ ޙިދުމަތްދޭ އެންމެ ބޮޑު ހޮސްޕިޓަލަށެވެ. މިހޮސްޕިޓަލުން ކެންސަރާއި ޙިތުގެ ބަލިތަކަށް ފަރުވާ ކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިފައިވާ ކަމަށް ތުރުކީއިން ބުނެއެވެ.

ހައްދުފަހަނައެޅި އިޒްރާއިލްގެ އަނިޔާވެރިކަމުގައި ޣާޒާ ހިޞާރުކޮށްފައި އޮންނަތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެކަށޭނަ ސިއްޚީ ފަރުވާ ލިބޭނެ އިންތިޒާމެއް ނެތެވެ. ބޭހާއި އެހެންވެސް އިންސާނީ އެހީއަށް ޖެހިފައިވާ އެތައް މިލިއަން މީހުނެއް ޣާޒާގައި ދިރިއުޅެމުންދާއިރު އިޒްރާއިލްގެ ހަމަލާތަކުގައި ފަރަުވާ ނުދެވި އެތައް ބަޔަކުވަނީ ދުނިޔެ ދޫކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *