ދުނިޔެ އިމްތިހާން ކުރިއަށް ދަނިކޮށް އިޒްރޭލުން ޣާޒާގެ ސްކޫލަކަށް ހަމަލާދީފި

އިމްތިހާން ކުރިއަށް ދަނިކޮށް އިޒްރޭލުން ޣާޒާގެ ސްކޫލަކަށް ހަމަލާދީފި

އިމްތިހާން ކުރިއަށް ދަނިކޮށް އިޒްރޭލުން ޣާޒާގެ ސްކޫލަކަށް ހަމަލާދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަންގާރަދުވަހު ޣާޒާގެ ސްކޫލެއްގައި އިމްތިހާން ކުރިއަށްދިޔަ ވަގުތު އިޒްރޭލުން އެސްކޫލަށް ބޮމުގެ ހަމަލާތަކެއް ދީފިއެވެ.

ފަލަސްތީނުގެ އެޑިއުކޭޝަން މިނިސްޓްރީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޣާޒާގެ އުތުރުގެ ސަރަހައްދުގައި ހުންނަ އަބްދުﷲ ބިން ރަވާހް ހައި ސްކޫލަށް އިޒްރާއިލުން ބޮމުގެ ހަމަލާތައް ދީފައިވަނީ އެސްކޫލްގެ އިމްތިހާން ކުރިއަށް ދިޔަ ވަގުތު ކަމަށާއި ހަމަލާގައި ސްކޫލްގެ އެއްވެސް ދަރިވަރަކަށް ޖިސްމާނީ ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

އިޒްރޭލުގެ މިޢަމަލު ކުށްވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވަނީ ބައިނަލްއަޤްވާމީ މުއާހަދާތަކާއި ޚިލާފުވެ މިފަދަ ޖަރީމާތައް ހިންގުމަށް އިޒްރޭލުން ޖެހިލުންނުވާ ކަމަށެވެ. އަދި އިޒްރޭލުގެ މިފަދަ އަމަލުތައް ތަހްޤީގްކޮށް ފިޔަވަޅު އަޅައިދިނުމަށް ބައިނަލްއަޤްވަމީ ޖަމިއްޔާ ޖަމާއަތްތަކަށް މިބަޔާނުގައި ގޮވާލާފަވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.