2.5 މިލިޔަން ޙައްޖުވެރިން އަރަފާތަށް ދިޔުމުގެ ފުރަތަމަ މައިދާނު ކަމުގައި ވާ މިނާއަށް ޖަމާވެއްޖެއެވެ. ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މުޅި މިނާ ވަނީ ސެކިއުރިޓީ ކުރެވިފައެވެ.
މިނާ އަކީ އަރަފާތަށް ވުރެއް 10 ކިލޯމީޓަރ ދުރުގައި ވާ މައިދާނެކެވެ. މިތަނުގާ މަޑުކުރާ ދުވަހަށް ޢަރަބި ބަހުން " ޔައުމަލް ތަރާވިއްޔަ" އޭ ކިޔައެވެ. މާނައަކީ ފެން ދޭ ދުވަހެވެ. އަދި ހައްޖުވެރިން އެމީހުންގެ ސަވާރީގެ ގޮތުގައި ގެންގުޅޭ ޖަނަވާރުތަކަށް ފެންދީ އަދި ދަތުރަށް ބޭނުން ވާ ވަރަށް ފެން ރައްކާކޮށް ހަދައެވެ.
އަހަރަކު އެންމެ ފަސްދުވަހަށް ހޭދަވާ މިއަޅުކަމުގައި ގިނަ ޙައްޖުވެރިން ދަތުރު ކުރަނީ ބަހުގައެވެ. އަދި އަނެއްބަޔަކު ދަތުރު ކުރަނި ފައި މަގުގައެވެ. ދުނިޔޭގެ ތަފާތު ޤައުމަތަކުން 1.8 މިލިޔަަން ޙައްޖުވެރިން މިނާ ދޫކޮށް ދެން ދަތުރުކުރާނީ 700،000 ޙައްޖުވެރިންނާއި ގުޅުމަށްޓަކައި އަޅުކަމުގެ މައިދާނަށެވެ.
ޙައްޖަކީ އިސްލާމްދީނުގެ 5 ރުކުނެވެ. އަދި އިންސާނާއަށް ކެރި ކުޅަދާނަ ވަރަކުން އުމުރުން 1 ފަހަރު އަދާ ކުރަން ޖެހޭ ރުކުނެވެ. މިނާއަށް ދިޔުމާއެކު ޙައްޖުވެރިން އެމީހުންގެ އަލިފާން ނުހިފާ ގޮަތަށް ހެދިފައި ވާ ޓެންޓުތަކުގައި މަޑުކޮށް ޡަލްބިޔާ ކިޔަމުން ގެންދެއެވެ. " އަހަރުމެންނަށް ވަރަށް އަވަހަށް މިނާއަށް ދެވިއްޖެ. ވަރަށް އަމާން އޮމާން ދަތުރެއް " ޙައްޖުވެރިޔަކު ކިޔާދިނެވެ. " ސައުދީ ސަރުކާރުން ވަނީ ވަރަށް ފުރިހަމައަށް ހުރިހާކަމެއްވެސް އިންތިޒާމް ކޮށްފަ، އަހަރެން މިއަދު ވަރަށް އުފާވެއްޖެ މިފަދަ މާތް އަޅުކަމެއްގައި ބައިވެރި ވުމުގެ ނަސީބް ﷲ ދެއްވީތީ" އިތުރު ޙައްޖުވެރިޔަކު ކިޔާދިނެވެ.
އަޙްމަދު ނަމަކަށް ކިޔުނު އިންޑިޔާގެ ޙައްޖުވެރިޔަކު ބުނި ގޮތުގައި " މިއީ މީގެ 10 އަހަރު ކުރިން އަހަރެން އާއި މިނާ އެއް ނޫން ، މިއީ ވަރަށް ޒަމާނީ ފެންވަރަކަށް ކަންތައް ރޭވިފައި ވާ ސިޓީއެއް"ކަމުގައި އޭނާ ބުނިއެވެ.
ހޮނިހިރު ދުވަހު ޙައްޖުވެރިން ޢަރަފާތުގެ މައިދާނަށް ދިޔުމަށްޓަކައި ދަތުރު ފަށައެވެ. ޢަރަފާތުގެ މައިދާނަށް ނުދެވިއްޖެނަމަ ޙައްޖުގެ އަޅުކަން ފުރިހަމަ ނުވާނެއެވެ. އިރު އޮއްސުމުގެ ކުރިން ދާންޖެހެއެވެ. އަދި މުޒްދަލިފާގައި ރޭ ކުރެއެވެ. އަދި އާދިއްތަ ދުވަހު ޖަމްރާއަށް ހިލަ އުކާނެއެވެ. އަދި ޢުލްހިޔާ ކަތިލުމާއި އެކު ޢީދު ފާހަގަ ކުރެއެވެ.


















ޚިޔާލު