އަރަބިދުނިޔެދިއިސްލާމްދުނިޔެ

ޙައްޖާޖީން ބޭނުން ކުރުމަށްޓަކައި މައްކާގައި 1000 ލީޓަރުގެ "ފެން ހޫނުކުރާ" އެއް ބަހައްޓައިފި

ޙައްޖާޖީން ބޭނުން ކުރުމަށްޓަކައި މައްކާގައި ބެހެއްޓި 1000 ލީޓަރުގެ "ފެން ހޫނުކުރާ" – ފޮޓޯ : އެރެބް ނިއުސް

ޙައްޖާޖީން ބޭނުން ކުރުމަށްޓަކައި މައްކާގައި ބެހެއްޓި 1000 ލީޓަރުގެ "ފެން ހޫނުކުރާ" – ފޮޓޯ : އެރެބް ނިއުސް

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި މައްކާ އަށް ދާ މީހުން ބޭނުން ކުރުމަށްޓަކައި މައްކާގައި "ފެން ހޫނުކުރާ" އެއް ބަހައްޓައިފި އެވެ.

ޠަވާފާ އެސްޓަބްލިޝްމަންޓް ފޯރ ސައުތް އޭޝިއަން ޕިލްގްރިމްސް ގައި މަސައްކަތްކުރާ އިންޖިނިއަރެއްގެ ކަމަށްވާ ޢަބްދުލް އަޒީޒް މަޙްބޫބްގެ ބުރަ މަސައްކަތުން ވުޖޫދަށް ގެނައި މި ކަރަންޓު "ފެން ހޫނުކުރާ" އިން ސައި ހެދުމަށާއި، އެހެނިހެން ހޫނު ބުއިންތައް ތައްޔާރު ކުރުމަށްޓަކައި 1000 ލީޓަރުގެ ފެން ކައްކައި ދެއެވެ.

ޠަވާފާގެ ފީލްޑް އޮފީސް ނަންބަރު 23 ގެ އިންޖިނިއަރުގެ މި ޚިދުމަތް މިދިޔަ ބުރާސްފަތި ދުވަހު ފައްޓަވައި ދެއްވީ ތަވާފާ ކުންފުނީގެ ޗެއަރމަން އަދުނާން ކާތިބް އެވެ. އެ ކުންފުނީގެ އެހެން ފީލްޑް އޮފީސް ތަކުން ވެސް މި އިކުއިޕްމަންޓްގެ ފައިދާ ލިބިގަތުމަށް އޭނާ ގޮވާލެއްވި އެވެ. މި ހީޓަރަކީ ރައްކާތެރި ސާފު ހޫނު ފެން ލިބޭ ހީޓަރެކެވެ.

"އެރެބް ނިއުސް" މީޑިއާ އަށް ދެއްވާފައިވާ ބަސްދީގަތުމެއްގައި މަޙްބޫބް ވިދާޅުވެފައި ވަނީ އޭނާގެ މި އާ އުފެއްދުމުގެ ސަބަބުން މިފަހަރުގެ ހައްޖުވެރިންނަށް ޓެންޓުތަކުގައި ތިއްބަވައިގެން ވެސް ބޭނުން އިރަކު ކޮފީ އަދި ސައި ބެއްލެވޭނެ ކަމަށެވެ. 24 ގަޑި އިރު ފެން ލިބޭ މިހީޓަރުގެ ސަބަބުން ސައި ފޯރުކޮށްދޭން އުޅޭ މީހުންގެ ބޭނުމެއް ދެން ނުޖެހޭނެ ކަމަށް ވެސް މަޙްބޫބް ވިދާޅުވި އެވެ.

ޙައްޖުވެރިންގެ ޓެންޓެއްގައި 5000 މީހުން ތިބޭ އިރު އެމީހުންނަށް ސައި ފޯރުކޮށްދިނުމަށް ވަރަށް ގިނަ ބައެއް ބޭނުންވެއެވެ. މަޙްބޫބް ވިދާޅުވީ 1000 ލީޓަރުގެ ފެން ކައްކައިދޭ ހީޓަރުން ފުރަތަމަ ފަހަރަށް ދެ ގަޑިއިރު ވަންދެން ހޫނު ކުރުމަށްފަހު  ބަރާބަރަށް ފެން ފޯރުކޮށްދެވޭނެ ކަމަށެވެ.

އިންސްޓޯލު ކުރުމުގެ ޚަރަދު ހިމަނައިގެން މި ހީޓަރުގެ އަގަކީ 15,000 ސައުދީ ރިޔާލެވެ. އަދި މި އިކުއިޕްމަންޓް 10 އަހަރު ދުވަސް ވަންދެން މަސައްކަތް ކުރާނެ ކަމަށް އަންދާޒާ ކޮށްފައި ވެއެވެ.

ހީޓަރުގެ ބޭރު ފަށަލަ ވަނީ ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި ކަމަށްޓައި ހޫނު ބޭރު ނުވާ ގޮތަށް، ފައިބަރގްލާސް އިން ހަދާފައެވެ. މި ޓޭންކުން ފެން ނެގުމަށްޓަކައި 9 އައުޓްލެޓް ހުންނަ އިރު، 6000 ޖޯޑު ފެން ނެގެއެވެ. އެތެރޭގައި ސްޓެއިންލެސް ސްޓީލުން ހަދާފައިވާ ބައިން ސައިކައްކާ ދެއެވެ.

އިންޖިނިއަރު ވިދާޅުވި ގޮތުގައި މި ސިސްޓަމް ތަރައްޤީކުރުމަށާއި އިންސްޓޯލް ކުރުމަށް ފީލްޑް އޮފީސްގެ ވެރިޔާ ޠަލާލް މަޙްބޫބްގެ އަމިއްލަ ޖީބުން ޚަރަދުކުރައްވާފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މިއީ ޙައްޖުވެރިންގެ ކޭމްޕްތަކަށާއި އެހެނިހެން ބޮޑެތި އެއްވުންތަކުގައި ބޭނުންކުރުމަށް ވަރަށް އެކަށީގެންވާ ފުރިހަމަ އިކުއިޕްމަންޓެއް ކަމަށެވެ. ސަބަބަކީ ސިއްހީ ގޮތުން ރައްކާތެރި ފެންވަރުގެ އެއްޗަކަށް މި ހީޓަރު ވާތީ ކަމަށެވެ. އަދި މިއީ ކޭމްޕުތަކުގައި އަލިފާނުގެ ޙާދިޘާތައް މެދުވެރިވުން ކުޑަކޮށްދޭނެ އެއްޗެކެވެ.

މި ސިސްޓަމް އިންސްޓޯލް ކުރުމުން ޠަވާފާ އެސްޓަބްލިޝްމަންޓަށް ޚަރަދު ކުޑަވެގެންދާނެ. އެއީ ސައި ތައްޔާރުކުރާ އަދި ސައިފޯރުކޮށްދޭ މީހުންނަށް މުސާރަ ދިނުމަށް ހިނގާ ޚަރަދު ކުޑަވާނެތީ." މަޙްބޫބް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މި އިކުއިޕްމަންޓް ކޮންމެ ތަނެއްގައި ވެސް ބޭނުންކުރެވޭނެ ކަމަށާއި، ފަސޭހަ ކަމާއެކު އެއްތަނުން އަނެއް ތަނަށް ގެންދެވޭނެ ކަމަށެވެ.

___

މަސްދަރު : އެރެބް ނިއުސް

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *